ހަބަރު

މީހުނާއެކު ހާލު ޖެހުނު ލޯންޗަކަށް އެހީވެއްޖެ

Oct 26, 2019

ރޭގެ ވަގުތެއްގައި ގދ. ތިނަދޫ އިން ފުރައިގެން މަސްވެރި ކަމަށް ނުކުމެ އުޅުނެނިކޮށް ތެޔޮ ހުސްވެގެން ހާލުގައި ޖެހުނު ލޯންޗަކަށް އެމްއެންދީއެފުން އެހީވެ ދީފި އެވެ

ހަތަރު މީހުންނާއެކު 36 ފޫޓުގެ "ބްލޫ ވޭލް" ލޯންޗް ގދ. ކާޑެއްދޫ ބޭރުން ތެޔޮ ހުސްވެ އިންޖީނު ހުއްޓިގެން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު އެވެ. އެ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

އެ ލޯންޗަށް ތެޔޮ ފޯރުކޮށް ދިނުމުން މިހާރު ތިނަދޫއަށް ދިޔުމުގެ ދަތުރު ފަށާފައި ވެއެވެ.