ހަބަރު

70 މީހުން ތިބި ފެރީއެއް ހާލު ޖެހުމުން އެހީވެއްޖެ

Jul 14, 2018

ހަތްދިހަ މީހުނާއެކު ދަތުރު ކުރަމުންދިޔަ ފެރީއެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން ސިފައިން އެހީވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ "ދޮންދި" ނަމަކަށް ކިޔާ އެ ފެރީ ދަތުރު ކުރަނިކޮށް އިންޖީނު ހުއްޓިފައިވަނީ ގދ. ތިނަދޫ އާއި އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހައުޑިގަލާ އާއި ދެމެދަށް ކަމަށެވެ. ފެރީ ދަތުރުކުރީ ތިނަދޫ އިން ގއ. އަތޮޅަށެވެ.

ފެރީގެ މި ހާދިސާ ރިޕޯޓް ކުރީ މިއަދ މެންދުރު ފަހު އެވެ. މިހާރު ފެރީ ކަފު ޖަހައިގެން ތިނަދޫ އަށް ގެންގޮސްފަ އެވެ. ފެރީގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މި ހާދިސާ ކުރިމަތިވި އިރު ރާއްޖެއަށް ވަނީ މޫސުން ގޯސްވެފަ އެވެ.