ހަތެއް

ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ރައީސް ޒިޔާރަތް ކުރައްވައިފި

Oct 26, 2019

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހުއްމަދު ސޯލިހް، ޖަޕާނުގެ ހީރޯޝީމާގެ މޭޔާ މަޓްސޫއީ ކަޒޫމީއާ ބައްދަލު ކުރައްވައި "ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމް" އަށް ޒިޔާރަ ތްކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ރައީސް އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ބިނާ ކޮށްފައިވާ މަގުބަރާގައި މާބޮނޑިއެއް ބާއްވަވާފަ އެވެ. އަދި، ޕީސް މެމޯރިއަލް މިއުޒިއަމް ބައްލަވާލައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ.