ހަބަރު

ކާޑް ނެތި ދެން ބަހުގައި ދަތުރެއް ނުކުރެވޭނެ

Oct 26, 2019
2

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މާލެ ސަރަހައްދުގައި ބަސް ދަތުރުކުރެވޭނީ "ބަސް ކާޑު" އެކަނި ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލުން) އިން ބުނެފި އެވެ.

މާލެ- ހުޅުމާލެ ބަހުގެ ހިދުމަތް ދޭ، އެމްޕީއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބުނީ "ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުން" ފޯރުކޮށްދެމުންދާ ބަސް ހިދުމަތުގައި ކަސްޓަމަރުން ދަތުރު ކުރަން މިހާރު ބޭނުން ކުރާ ޓިކެޓު ވިއްކުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށެވެ.

މާލެ- ހުޅުމާލެ ބްރިޖު ހުޅުވުމާއެކު، ބަސް ދަތުރު ފެށީ ވެސް ހަމައެކަނި ކާޑު ބޭނުންކޮށްގެން ދަތުރު ކުރާ ގޮތަށެވެ. ނަމަވެސް ފަހުން މަޑުމަޑުން ދޫދެމުން ގޮސް މިހާރު ގިނަ ބަޔަކު ދަތުރު ކުރަނީ ނަގުދު ފައިސާ އިން ޓިކެޓު ގަނެގެންނެވެ. އަދި މިގޮތަށް ބަހަށް އަރައި ޓިކެޓު ކަނޑަން ފެށުމުން ބަހުގެ ހިދުމަތަށް ލަސްވުމެއް އާދެ އެވެ. އެމްޕީއެލްގެ މާލެ-ހުޅުމާލެ އަދި މާލެ-ހުޅުލެ އަށް ދަތުރު ތަކަށް ނަގަނީ 10 ރުފިޔާ އެވެ.