ދިވެހި ސިނަމާ

"ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް ދައްކާލައިފި

Oct 26, 2019
1

ޔޫސުފް ޝަފީއު ޑައިރެކްޓް ކޮށްފައިވާ "ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

އަންނަ މަހުގެ 15 އިގައި ސްކްރީން ކުރަން ނިންމި "ކޮސް ގިނަ މިސްޓޭކް" ގެ ފަސްޓް ލުކް މިހާރު ވަނީ އާންމުންނަށް ދޫކޮށްލާފަ އެވެ. ފަސްޓް ލުކްގައި ފިލްމުގެ މައިގަނޑު ތަރިންގެ ހުނަރު ދައްކާލަ އެވެ.

ވަރަށް ގިނަ ތަރިން ބައިވެރިވާ މި ފިލްމުގެ ފަސްޓްލުކްގައި އެންމެ ފާހަ ގަކޮށްލެވެނީ ފިލްމުގައި ހިމެނޭ ލަވަތަކެވެ. ކޮޕީ ރާގުތަކަށް ހަދާފައިވާ ލަވަތައް ހިމެނޭ މި ފިލްމަކީ ރިހުން ވެސް ހިމެނޭ މަޖާ ފިލްމެކެވެ.


ވީމީޑިއާގެ މި ފިލްމުގައި ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއުގެ އިތުރުން އަލީ ސީޒަން އާއި މަރިޔަމް އައްޒަ، އަލީ އާޒިމް، މުހައްމަދު ނިމާލް، އަހުމަދު ސައީދު، ނުޒުހަތު ޝުއައިބް، ހާމިދު އަލީ، އަހުމަދު އީސަ، އަބްދުﷲ ޝާފިއު (ފުބޫ) ގެ އިތުުރުން ވެސް ބައެއް އެހެން ތަރިން ހަރަކާތްތެރި ވެއެވެ.