މީޑިއާނެޓް

މީޑިއާނެޓް: ހަފްތާގެ ޓޮޕްޓެން ޝޯ

Oct 28, 2019
1

މީޑިއާނެޓާ ގުޅިގެން މި ހަފްތާގައިވެސް މި ގެނެސްދެނީ ހަފްތާގެ ޓޮޕްޓެން ޝޯ އެވެ.

1. ޕޯ ޕެޓްރޯލް: ހެލޮވީން މެރެތަން

ޓްރިކް އޯ ޓްރީޓްގެ ސީޒަން އާއެކު އަނެއްކާވެސް ޕޯ ޕެޓްރޯލްގެ ބޮޑު މެރެތަން އެއް ފަށާން ތައްޔާރު ވެއްޖެ އެވެ. މި ސީޒަން އާ ދިމާކޮށް ޕޯ ޕެޓްރޯލް އިން ގެންނަ އެެޕިސޯޑް ތައް ހާއްސަ ކޮށްފައި ވަނީ ހެލޮވީން އަށެވެ. ހަ ރެސްކިއު ޑޯގް ހިމެނޭ މި ސީރީޒް އަކީ ކުޑަކުދިންގެ މެދުގައި ވަަރަށް މަގުބޫލު ސީރީޒް އެކެވެ. އޭއްޗެހީގެ މަސައްކަތަކީ އެ އަވަށުގެ އެކި މީހުންނަށް ދިމާވާ ކަންކަމުން ސަލާމަތް ކޮށްދިނުމެވެ. ކޮންމެ ކުއްތާ އެއްގައިިވެސް ތަފާތު ހުނަރެއް ހުރެ އެވެ. ބައެއް އެއްޗެއްސަށް އުދުހެވޭއިރު ވެހިކަލްތަކަށް ބަދަލުވުމުގެ ފުރުސަތުވެސް އޮވެ އެެވެ.

މި މެރެތަން އޮކްޓޯބަރު 27 އާދިއްތާގައި 15:30 ގައި ނިކް ޖޫނިއާ (ޗެނަލް 207) އިން ދައްކާނެ އެވެ.

2. ސްޕޫކްޓަކުލާ

ތުއްތު ކުދިންނަށް ހާއްސަ ޝޯތައް ގެންނަ ޒޫމޫވެސް މި ހަފްތާގައި އޮތީ ހެލޮވީން ތީމް އަށެވެ. ކުޑަކުޑިންނަށް ކަމުދާނެހެން ގެންނަ މި ޝޯތަކުގައި އެކި ކަހަލަ ބިރުވެރި ހެދުން އަޅައިގެން ތިބޭ ހޭންޑް ޕަޕެޓް ޖަނަވާރުތަކާއި ފާޑުފާޑުގެ ޖިންނިތައްދައްކާނެ އެެވެ.
މި ޝޯ އޮކްޓޯބަރު 31 އަންގާރަ ދުވަހު 07:30 ގައި ޒޫމޫ (ޗެނަލް 205) އިން ދައްކާނެ އެވެ.

3. ދަ ޕްރޮފެސާ އެންޑް ދަ މޭޑްމަން (ޕްރިމިއާ)

ބައޮގްރަފިކަލް ޑްރާމާ ޖޯންރާ އަކަށް އުފައްދައިގެން މި އަހަރު ނެރުނު މި ފިލްމަކީ 1998ގެ ވާހަކަ އަކަށް ބިނާ ކޮށް ހަދާފައިވާ ފިލްމެކެވެ. ސައިމަން ވިންޗެސްޓާ ނެރުނު "ދަ ސާޖަން އޮފް ކްރޯތޯން" އަކީ އެ ދުވަސްވަރު މަގުބޫލުކަން ލިބުނު ވާޙަކަ ފޮތެކެވެ. މި ވާހަކަ އަށް ހެދި ހިސްޓޮރިކަލް މި ފިލްމުގައި ދައްކުވައިދޭނީ 19 ވަނަ ގަރުނުގައި އިންގްލިޝް އޮކްސްފޯޑް ޑިކްޝަނަރީ ތައްޔާރު ކުރުމަށް ޕްރޮފެސަރު ޖޭމްސް މުރޭ ކުރާ މަސައްކަތްތަކެވެ. އަދި، އެއާ ގުޅިގެން ދިމާވާ ތަފާތު ކަންކަންވެސް މެ އެވެ.

މި ފިލްމު އޮކްޓޯބަރު 28 ހޯމަ ދުވަހު 18:00 ގައި ފޮކްސް މޫވީސް އެޗްޑީ (ޗެނަލް 800) އިން ދައްކާނެ އެވެ.

4. ވޮންޑާ (ޕްރިމިއާ)

2017 ވަނަ އަހަރު ނެރުނު މި ފިލްމަކީ ރާއްޖޭގައިވެސް ގިނަ ބަޔެއްގެ ތެރޭގައި މަގުބޫލު ވި ފިލްމެކެވެ. ހާއްސަކޮށް ކުޑަކުދިންނާއި ޒުވާން ކުދިންގެ މެދުގައި މި ފިލްމުގެ މަގުބޫލުކަން އިތުރުވެގެން ދިޔަ އެވެ. ކޮމެޑީ ޑްރާމާ މި ފިލްމުގައި ކިޔައިދޭނީ އޮގަސްޓް ޕުލްމަން ކިޔާ ކުޑަ ކުއްޖެއްގެ ތަފާތު އިިންސްޕަޔަރިން ވާހަކަ އެކެވެ. އޮގަސްޓް އަކީ ޓްރީޗާ ކޮލިންސް ސިންޑްރޯމް ކިޔާ ބައްޔެއްގެ ސަބަބުން މޫނުގެ އެކި ގުނަވަންތައް އުފެދުމުގައި އައިބު ވެފައިވާ ކުއްޖެކެވެ. ޕްރީސްކޫލަށްފަހު އެލެމެންޓްރީ ސްކޫލަށް ދިއުމުން އޭނާގެ ބަލީގެ ސަބަބުން ދިމާވާ އުނދަގޫތައް މި ފިލްމުގައި ފެންނާނެ އެވެ.

މި ފިލްމު ނޮވެމްބަރު 1 ހުކުރު ދުވަހު 17:00 ގައި ފޮކްސް ފެމިލީ މޫވީސް އެޗްޑީ (ޗެނަލް 801) އިން ދައްކާނެ އެވެ.

5. ޕޯޓަލްސް ޓު ހެލް (ޕްރިމިއާ)

ބިރުވެރި ނާމާން ޝޯތަކަށް ލޯބި ކުރާ މީހުން މި ޝޯ ކޮންމެހެންވެސް ބަލަންވާނެ އެވެ. "ޕޯޓަލްސް ޓު ހެލް" ޝޯގައި ދައްކާނީ ދުނިޔޭގެ އެންމެ ނާމާން ސަރަހައްދުތައް އިންވެސްޓިގޭޓް ކުރުމަށް ޖެކް އޮސްބޯން އާއި ކެޓްރީނާ ވީލްޑްމަން ކުރާ މަސައްކަތްތަކެވެ. އަދި އެ ތަންތަނަށް ގޮސް ޖިންނިންނާ ވާހަކަދެއްކުމަށް މަސައްކަތް ކުރާ މަންޒަރާއި ދިމާވާ ކަންކަން އެމީހުން ދާނީ ރެކޯޑް ކުރަމުންނެވެ.

މި ޝޯ ދައްކާނީ އޮކްޓޯބަރު 29، އަންގާރަ ދުވަހު 19:20 ގައި ޓްރެވަލް ޗެނަލް އެޗްޑީ (ޗެނަލް 823) އިންނެވެ.

6. ވުމަން އޮފް އިމްޕެކްޓް: އެކްސްޕެޑިޝަން އެމީލިއާ

މުޅި ދުނިޔެއަށްވެސް މަޝްހޫރު އެމީލިއާ އެއާހާޓް އަކީ އެޓްލާންޓިކް އޯޝަން މަތިން މަތިންދާބޯޓެއްގައި އުދުހުނު ފުރަތަމަ އޭވިއޭޓާ އެވެ. އަދި އޭނާ އަކީ އޭނާގެ އުދުހުންތަކާ ބެހޭ ވާހަކަތައް ލިޔެ އެކި ފޮތްތައްވެސް ނެރުނު ޒުވާން އެކްސްޕްލޯރާ އެކެވެ. އޭވިއޭޝަންގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތުގައި އުޅެމުން އެމީލިއާ ގެއްލުނީ 1937 ގަ އެވެ. އެއަށްފަހު އެކި ކަހަލަ ކޮންސްޕިރަސީ ތިއަރީތައް އެމީލިއާގެ ގެއްލުމާ ގުޅިގެން ހަދާފައި ވެ އެވެ. މި ހަފްތާގެ ވުމަން އޮފް އިމްޕެކްޓް ޝޯގައި ގެނެސްދެނީި ކުއްލިއަކަށް ގެއްލުނު އެމީލިއާގެ މިސްޓްރީ ހޯދުމަށް ޑރ. ރޮބަޓް ބަލާޑް ކުރާ މަސަައްކަތެވެ. ރޮބަޓް އަކީ 1985ގައި ޓައިޓޭނިކް ޝިޕްވްރެކްވެސް ހޯދި މީހާ އެވެ.

މި ޝޯ ނޮވެމްބަރު 2 ހޮނިހިރު 19:00 ގައި ނެޝަނަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ (ޗެނަލް 820) އިން ދައްކާނެ އެވެ.

7. ޓެޑް ޓޯކްސް އިންޑިއާ (އާ ޝޯ އެއް)

އެކި ކަހަލަ މައުލޫތަކާއި މައްސަލަތަކާ ގުޅޭ ގޮތުން މީހުން ކިޔައިދޭ ވާހަގަތައް ގެންނަ މި ޝޯ އަކީ މަޝްހޫރު ޝޯ އެކެވެ. ޓެޑް ޓޯކްސް އެކި ގައުމުތަކުގައި ގެންނަ އިރު ޓެޑް ޓޯކްސް އިންޑިއާގެ ދެވަނަ ސީޒަން މި ހަފްތާގައި ފަށާނެ އެވެ. ބޮލީވުޑް ތަރި ޝާހްރުކްޚާން ހޮސްޓް އަކަށް ހުންނަ އިރު ދެވަނަ ސީޒަންގައި ވާހަކަ ދައްކާނީ އިންޑިއާގެ އިޖުތިމާއީ މައްސަލަތަކާއި އެކަން ކަމަށް ހުރި ހައްލުތަކަށެވެ. 13 އަހަރުން ފަށައިގެން އެކި އުމުރުފުރައިގެ މީހުންނާއެކު ގެނެސްދޭ މި ޝޯ ގައި ވާހަކަދެއްކުންތެރިންގެ ތަޖުރިބާތައްވެސް ކިޔައިދޭނެ އެވެ.

މި ޝޯ ނޮވެމްބަރު 2، ހޮނިހިރުން އާދިއްތަ އަށް 21:00 ގައި ސްޓާޕްލަސް އެޗްޑީ (ޗެނަލް 850) އިން ދައްކާނެ އެވެ.

8. ޒީރޯ (ޒީ-ޓީވީ ޕްރިމިއާ)

ރޮމޭންޓިކް ކޮމެޑީ މި ފިލްމަކީ މިދިޔަ އަހަރު ބޮލީވުޑްގައި ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތު އެއް ފިލްމެވެ. ޑްވާފެއްގެ ރޯލުން ޝާހްރުކް ޚާން ފެނުން އިރު ޝާހު އާއެކު އަނުޝްކާ އަދި ކެޓްރީނާ ވެސް ފިލްމުގައި ބައިވެރި ވި އެވެ. އޭނާގެ އެ ތަފާތުތަކާއެކު އެންމެ ބޭނުންވާ ކެޓްރީނާ ކެއިފް އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ހެދުމަށް މަސައްކަތް ކުރެ އެވެ. އަދި އަނުޝްކާ އާ ދިމާވެ އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުވެސް ދައްކަ އެވެ.

މި ފިލްމު އޮކްޓޯބަރު 27، އާދިއްތާގައި 11:30 ގައި ޒީޓީވީ އެޗްޑީ (ޗެނަލް 852) އިން ދައްކާނެ އެވެ.

9. އާސަނަލް އާއި ވުލްވްސް

ނޮވެމްބަރު 2 ވަނަ ދުވަހު އާސަނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި ވުލްވާހެމްޕްޓަނާ ދެކޮޅަށް ނުކުންނަ މެޗަކީ އެ ހަފްތާގައި އިނގިރޭސި ޕްރެމިއާ ލީގުގައި ފާހަގަކޮށްލެވޭ އެއް މެޗެވެ. އުނާއި އެމްރޭގެ ކޯޗު ކަމުގެ ދަށުގައި އާސަނަލް މި ފަހުން ކުޅުނު މެޗުތަކުން އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާއިރު، ނޫނޯގެ ވުލްވްސް އާ ދެކޮޅަށް ފޯމު ބަދަލުކޮށްލަން އާސަނަލްއިން އަމާޒުހިފާނެ އެވެ.

އެ މެޗުގައި އާސަނަލްގެ ލެކެޒެޓް، ބެލެރިން އަދި އޮޒިލް ފަދަ މުހިއްމު ކުޅުންތެރިންތަކެއް ފިޓުވާނެކަމަށް ބެލެވުނު ނަމަވެސް، ވަރަށް އެޓޭކިންގް ކުޅުމެއް ދައްކާ ވުލްވްސް އާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެން އާސަނަލްއަށް ފަސޭހައެއް ނުވާނެ އެވެ.

ވުލްވްސް އާ ދެކޮޅަށް އާސަނަލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:30 ގަ އެވެ. އަދި އެ މެޗު މީޑިއާ ނެޓުގެ ސްޕޯޓްސް އެޗްޑީ 1 (ޗެނަލް 876) މެދުވެރިކޮށް ވަގުތުން ފެންނާނެ އެވެ.

10. އެވާޓަން އާއި ސްޕާސް

އިނގިރޭސި ޕްރެމިއާ ލީގުގެ ގޭމްވީކް 11 ގެ އެންމެ ފަހު މެޗުގައި އެވާޓަން ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށެވެ. ލީގުގައި މިވަގުތު އެންމެ ފޯމު ދަށްކޮށް ފެންނަ ޕޮޗެޓީނޯގެ ސްޕާސްއިން އެވާޓަން އާދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެން އުނދަގޫވާނެ އެވެ.

މާކޯ ސިލްވާގެ ރަނގަޅު ޓެކްޓިކްސްތަކާއެކު އެވާޓަނުން ފަހުން ކުޅުނު މެޗުތަކުން ވަނީ އެދެވޭ ނަތީޖާތަކެއް ނެރެފަ އެވެ. ނަމަވެސް، ސްޕާސްއާ ދެކޮޅަށް އެފަދަ ކުޅުމެއް ދައްކަން އެވާޓަންއަށް ފަސޭހައެއް ނުވާނެ އެވެ.

ސްޕާސްއާ ދެކޮޅަށް އެވަޓަން ނުކުންނަ މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 9:30 ގަ އެވެ. އަދި އެ މެޗު މީޑިއާ ނެޓުގެ އައިސްޓީވީ އެޗްޑީ (ޗެނަލް 100) ގެ އިތުރުން ޕީއެލްޓީވީ އެޗްޑީ (ޗެނަލް 880) އިން ވަގުތުން ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ.