ލައިފްސްޓައިލް

އަންހެނަކު ހުއްޓުމެއް ނެތި އުކުނޑި ކޮއްޓާތާ 12 އަހަރު

ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު އެއްދުވަހަކު އުކުނޑި ކޮއްޓަން ފެށި ގޮތަށް އިނގިރޭސި ވިލާތުގެ އަންހެނަކު 12 އަހަރު ވީއިރުވެސް އުކުނޑިކޮއްޓުން ނުހުއްޓުނެވެ. ލީސާ ގްރޭވްސް އަށް މި ލައްވާލީ ފަސޭހައިން ހުއްޓޭ އުކުނޑި ކޮއްޓުމަކަށް ނުވި އެވެ. ދުވާލަކު އޭނާއަށް މިހާރުވެސް 20 އާއި 100 އާ ދެމެދުގެ އަދަދަކަށް އުކުނޑި ޖަހަ އެވެ.

ކޭޓާޒް ނިއުސް އަށް ދިން އިންޓަވިއު އެއްގައި ގްރޭވްސް ބުނީ އުކުނޑިކޮއްޓާ އަޑެކޭ ޒަޚަމްވެފައިވާ ކުއްތާއެއް ގޮއްވާ އަޑެކޭ ދާދި އެއްގޮތެވެ. އަދި އޭނާގެ ހިތް ނުތަނަވަސްކަން އިތުރުވާ މިންވަރަކުން އުކުނޑި ކޮއްޓާ އަދަދު ވެސް އިތުރުވެ އެވެ.

ލިސާ، 31، އޭނާގެ ފުރަތަމަ ދަރިފުޅު އެމިލީ ވިހެއީ 2008 ގައެވެ. އޭނާ ވިހޭ ދަރިފުޅުގެ ސިއްހީ މައްސަލައެއް ނެތް ނަމަވެސް ގްރޭވްސްގެ އުކުނޑިކޮއްޓުން ފެށި އެކަމެއް ނުހުއްޓުނެވެ.

ގްރޭވްސް ބުނީ އުކުނޑި ކޮއްޓަން ވަކި ގޮތެއް އިރެއް ނޯންނަ ކަމަށެވެ. ގަޑިއެއްގެ އިރު ތެރޭ 20 ފަހަރު ވެސް ކޮއްޓަފާނެ އެވެ. އަދި އެހާއިރުވަންދެން އެއްގޮތަކަށް ނުކޮއްޓާ ވެސް ހުރެދާނެ އެވެ. ފިޒީ ބުއިންތަކާއި ބަނގުއާވިން މައްސަލަ އިތުރަށް ގޯސްވެ އެވެ.

"އަހަރެން ވިއްސި ފޫޅުމާ ކައިރީގައި ވެސް މި ވާހަކަ ބުނިން. އޭނާ ބުނި މިއީ ބަލިވެ އިނުމާ ގުޅިގެން ވަރަށް ގިނައިން ދިމާވާ ކަމެކޭ. އެއީ ބަނޑުގައި އޮންނަ ދަރިފުޅަށް ކުއްލިއަކަށް ތަންކޮޅެއް ގިނައިން އޮކްސިޖަން ފޮނުވައިދޭން ޖެހުމުން ދިމާވާ ކަމެކޭ. އެހެންވެ އަހަރެން މާ ބޮޑަކަށް އޭރު އަކަމަކާ ނުވިސްނަން،" ގްރޭވްސް ބީބީސީ އަށް ދީފައިވާ އިންޓަވިއު އެއްގައި ބުންޏެވެ.

ގްރޭވްސް ބުނީ ތަންކޮޅެއް ނަސީބުގަދަ ފަހަރު ފަހަރު ތިނެއް ނުވަތަ ހަތަރު ގަޑިއެއްހާއިރުވެސް އުކުނޑި ނުކޮއްޓާ ހުންނަ ކަމަށެވެ. ނަމަވެސް އެކަން ހުއްޓިފައި އެންމެ ދުވަހެއް ވެސް ނިމެންދެން އުކުނޑި ނުކޮއްޓާ ނުހުންނަ ކަމަށެވެ.

މާ ގަދަޔަށް އުކުނޑިކޮއްޓާ މީހުން ޑޮކްޓަރީ ބޭހުން ރަނގަޅު ކުރެވެ އެވެ. ނަމަވެސް ގްރޭވަސް އެއްވެސް ބޭހެއް ކާކަށް ބޭނުމެއް ނޫނެވެ. ބޭހުގައި ސައިޑް އިފެކްޓްސް ހުންނާނެތީ އެވެ. އަދި މިކަން ދިމާވާ ސަބަބު ހޯދަން އެއްވެސް ޓެސްޓެއް ކުރާކަށް ވެސް ގްރޭވްސް އެއްބަހެއް ނުވެ އެވެ. ސަބަބަކީ އޭނާގެ ސިކުނޑީގައި ޓިއުމަރެއް އިން ކަމަށް ވެދާނެތީ އެވެ.

"އަހަންނަށް ވަރަށް ހިތްހަމަނުޖެހޭ މީހުންނާ އެހެން އުޅޭއިރު ދޭތެރެ ދޭތެރެއިން ދިމާވޭ. ބައެއް މީހުން ވައްބަހުން ޖަހާ މަލާމާތްކުރޭ. އަނެއް ބަޔަކު މޫނަށް ގޮތްގޮތް ހަދާ. ނަމަވެސް އެއީ މިހާރު އަހަރެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަންތައްތައް،" ގްރޭވްސް ބުންޏެވެ.

ކިތަންމެ ލަދުގަތަސް އުކުނޑި ކޮއްޓުމާއެކު ދިރިއުޅުމައިގެން ކުރިޔަށްދާން ގްރޭވްސް ވަނީ ނިންމާފަ އެވެ.