ހަބަރު

ސޯދުބެއާ އަހުމަދު އާދަމަށް ނިޝާން އިއްޒުއްދީނުގެ ލަގަބު އަރުވައިފި

ދިވެހި ދައުލަތުން ދޭ އެންމެ މަތީ ދެވަނަ އިއްޒަތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ހ. އާމުލިގޭ އަބްދުﷲ ސޯދިގް (ސޯދުބެ) އަދި ހ. ހިކަރީ އަހުމަދު އާދަމަށް މިރޭ އަރުވައިފި އެވެ.

އެ ދެ ބޭފުޅުންނަށް މި އިއްޒަތް އަރުވާފައިވަނީ މިރޭ ބޭއްވި ގައުމީ ދުވަހުގެ ޚާއްސަ ޖަލްސާގަ އެވެ.

ސޯދިގަކީ ދިގު މުއްދަތެއް ވަންދެން ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޅެމާއި، ލަވަޔާ، ރައިވަރާއި ފަރިހި ވެސް ގިނަ އަދަދަކަށް ހައްދަވާފަ އެވެ.

އަހުމަދު އާދަމަކީ އިންޖީނިއަރެކެވެ. އޭނާގެ ޚިދުމަތް ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް ލިބިފައިވެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އޭނާއަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ބަނޑޮސް ރިސޯޓްގެ ފުރަތަމަ މެނޭޖަރަކީ ވެސް އަހުމަދު އާދަމެވެ.