ސަރުކާރުންދޭ ހިތްވަރު ދިނުމުގެ ގައުމީ އިނާމު 21 ފަރާތަކަށް މިރޭ ދީފި އެވެ. ގައުމީ އިނާމް ދިނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވު ޖަލްސާގަ އެވެ.
ގައުމީ އިނާމު ލިބުނު ބޭފުޅުން
- ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ރޮނގުން: އަލްގާރީ މުހައްމަދު ތައުފީގު އަލީ މ. މުއިރި
- ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: ޑޮކްޓަރު އަބްދުﷲ ޖަމީލް ގ. ސްޓާރލިން އާގެ
- ހަކަ ދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން: މުހައްމަދު ޝިފާން ހ. ތަރަބޫޒުގެ
- އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: މަރްޔަމް ޝަތުރަތު ޝާކިރު ދުންތަރި ގދ. ތިނަދޫ
- ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން: އަހްމަދު އަފްއާލް ގ. ޖަވާހިރުމާގެއާގެ
- ޚާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން: ރަހްމާ އީސާ ހ. ފިލްމީސައިޓް
- މަސްވެރިކަން ކުރުމުގެ ރޮނގުން: އަބްދުﷲ ޝަފީހު ނިޝާން ހއ. ދިއްދޫ
- ފަތުރުވެރިކަމުގެ ދާއިރާއިން: ޒީނާޒް ހުސައިން އާސީނުގެ ސ. ހިތަދޫ
- އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން: ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
- މަސައްކަތްތެރިކަމުގެ ދާއިރާއިން: އަނީސާ މުހައްމަދު ބީޗްހެވަން ގދ. ގައްދޫ
- މަސައްކަތްތެރިކަމުގެ ދާއިރާއިން: އިބްރާހީމް ސާލިޙް ފަސްތަރި ބ. ތުޅާދޫ
- ޑައިވިންގެ ދާއިރާއިން: ޝާޒިޔާ ސައީދު މ. ސްނޯފްލެކްސް
- ހެއާ އެންޑް ބިއުޓީގެ ދާއިރާއިން: އާއިޝަތު (ޝަރީފާ) މ. ސަބުދެލިގެ
- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: މުޙައްމަދު ޝާކިރު އަބްދުﷲ ވ. ފައުނު
- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ހުސައިން ފަރިޔާދު ގ. ސިނަމާލެ 2 02-11
- ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އިމްރާން މުހައްމަދު އަސުރުމާގެ އދ. މަހިބަދޫ
- ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އިސްމާޢީލް މަހްފޫޒް މ. ވިނަލި
- ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އިބްރާހީމް ޝިއުރީ ގ. ގޯލްޑަންހައުސް
- ކުޅިވަރު ކުޅުމުގެ ރޮނގުން: ފަދުވާ ޒާހިރު ގ. ގޯލްޑަން ސްޓާރ
- ލަވަ ކިޔުމާއި، މިޔުޒިކް ކުޅުމުގެ ރޮނގުން: އަބްދުއްރަޝީދު އަލީ ހ. ނިއުހެޕިނަސް
- ޒައިން ކުރުމާއި ފެހުމުގެ ރޮނގުން: އާއިޝަތު ޝަމްލާ ހ. ފެއަރީޕެލަސް
ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު މީގެ ކުރިން ދެމުން އައީ ޖުމްހޫރީ ދުވަހާ ގުޅުވައި ކަމަށް ވީނަމަވެސް މިއަހަރުން ފެށިގެން ގައުމީ އިނާމު ދެއްވަމުން ގެންދަވާނީ ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުގައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.