ހަބަރު

ފުލުހަކަށް މަރުގެ އިންޒާރު ދިން ތިން މީހަކު ހައްޔަރުކޮށްފި

Oct 29, 2019
3

ފުލުހަކަށް މަރުގެ އިންޒާރު ދިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއިންނެވެ. ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 25 އަހަރާއި 31 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.