މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި

ހުޅުމާލޭގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި އެވެ.

ފުލުހުން ބުނީ މާރާމާރީ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 3:50 ހާއިރު ކަމަށެވެ.

ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ވެސް ފުލުހުން ނުބުނެ އެވެ.

މާލޭގައި މިދިޔަ މަހު ބިދޭސީ ދެ ގުރޫޕެއްގެ މެދުގައި މާރާމާރީ ހިންގުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ މީހުން ޑިޕޯޓްކޮށްފާ އެވެ.