ލައިފްސްޓައިލް

ތުއްތު ދަރިފުޅުގެ ބަރުދަން އެނގުމުން މަންމަ ހައިރާންވެއްޖެ

އޮސްޓްރޭލިޔާގެ އެމާ މިލާ އާއި ފިރިމީހާއަށް މިދިޔަ ހަފުތާގައި ލިބުނު އަންހެންދަރިފުޅު ރެމީ ފްރެންސިސް މިލާ ވިހެއީ ދުވަސް ނުފުރާ 38 ހަފުތާގަ އެވެ. ނަމަވެސް ސިޑްނީގައި ދިރިއުޅޭ މި ދެމަފިރިންނަށް ދަރިފުޅު ފެނުމާއެކު ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ދަރިފުޅުގެ ބޮޑުކަމުންނެވެ.

ތުއްތު ރެމީގެ ހަށިގަނޑުގައި އުފަންވީއިރު ވެސް 5.8 ކިލޯ ހުއްޓެވެ. އޮސްޓްރޭލިޔާގައި އުފަންވާ ކުދިންގެ އެވްރެޖް ބަރުދަނަކީ 3.2 ކިލޯ ގްރާމެވެ. ޔޫކޭގައި އުފަންވާ ކުދިންގެ އެވްރެޖް ބަރުދަނަކީ 3.4 ކިލޯ ގްރާމެވެ.

އޮސްޓްރޭލިޔާގެ ނޫހަކާ ވާހަކަ ދައްކަމުން އެމާ ބުނީ އޭނާގެ ދަރިފުޅު ކުޑަ ސޫމޯ ރެސްލާއަކާ ތަފާތެއް ނެތެވެ. އޭނާގެ ގެސްޓޭޝަނަލް ޑައިބެޓީސް ހުންނާތީ ދަރިފުޅުގެ ވަރަށް ބޮޑުވާނެ ކަމަށް އުންމީދު ކުރެވުނަސް ބަރުދަން މިހާ އިތުރުވެދާނެ ކަމަށް އުންމީދު ނުކުރާ ކަމަށް އެމާ ބުންޏެވެ.

އެމާގެ އިތުރު ދެ ކުދިން ތިބިއިރު މި ދެ ކުދިންނަކީ ވެސް އަލަށް އުފަންވާ ކުދިންގެ ހުންނަ އެވްރެޖް ބަރުދަނަށް ވުރެ ބަރު ދެ ކުދިންނެވެ. އެގޮތުން ދެ އަހަރުގެ ވިލޯގެ ބަރުދަނުގައި ވިހޭއިރު 5.5 ކިލޯ ގްރާމް އަދި ހަތަރު އަހަރުގެ އޭސްގެ ބަރުދަނުގައި 3.5 ކިލޯ ހުއްޓެވެ.

އޮސްޓްރޭލިޔާގައި އުފަންވާ ކުދިންގެ ތެރެއިން ރެމީ އާ ގާތްކުރާ ވަރެއްގެ ބަރުދަނެއް ހުންނަ ކުދިން އުފަންވާ ނިސްބަތަކީ 1.2 ޕަސެންޓެވެ. އެހެންވެ ރެމީ ފެނުމުން ކޮންމެ މީހަކަށް ވެސް އޭނާއަށް ބަލަހައްޓައިގެން ހުރެވޭ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

ދަރިފުޅަށް ހޯދާފައި ހުރި ހެދުންތައް އޭނާއަށް މާ ކުޑަކަމުން އެމާ އާއި ފިރިމީހާ އަށް ޖެހުނީ އަލުން ހެދުން ގަންނާށެވެ.
ދުނިޔޭގެ އެންމެ ބަރު ބޭބީގެ ރެކޯޑް އޮތީ ސެޕްޓެމްބަރު 1955 ގައި އުފަންވި އިޓަލީ ކުއްޖަކަށެވެ. އެ ކުއްޖާ އުފަންވިއިރު ބަރުދަނުގައި 10.2 ކިލޯ ހުއްޓެވެ.