ވިޔަފާރި

ދެ އަހަރަށްފަހު އެއާ އިޓަލީ އަލުން ރާއްޖެ އަށް

Oct 30, 2019

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު، އެއާ އިޓާލީން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާ އިޓަލީއަށް މަރުހަބާ ކިޔަން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި އެއާލައިނުން ރާއްޖެއަށް އައިސްފައި ވަނީ އެއާ އިޓާލިއާގެ އެއާބަސް އޭ330 މަރުކާގެ ބޯޓެކެވެ.

ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހުގެ އިތުރުން، އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮންސިއުލޭޓް އޭޖެންޓް ޖިއޮޖިއާ މަރައްޒީ ވެސް ބައިވެރިވަޑައިގަތެވެ.

އެއާ އިޓަލީ އިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރު ފަށާފައިވަނީ 2017 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށެވެ.

އިޓަލީއަކީ ރާއްޖެ އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 97,375 މީހުން ވަނީ އައިސްފަ އެވެ.