ވިޔަފާރި

ޔޫރަޕުން ރާއްޖެ އަށް ބަޖެޓު އެއާލައިނެއްގެ ދަތުރުތައް ފަށަނީ

ޕޮލެންޑުގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ބްލޫ ޕެނަރޯމާގެ ދަތުރުތައް މާދަމާ ރާއްޖެ އަށް ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ވަނީ ބްލޫ ޕެނަރޯމާގެ ދަތުރުތައް ފެށުމުގެ ގޮތުން މާދަމާ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ތައްޔާރުވެފަ އެވެ. ނަމަވެސް މި އެއާލައިންއާ ބެހޭ ގޮތުން އެ ކުންފުނިން އަދި އިތުރު ތަފުސީލެއް ނުދެ އެވެ.

އިޓަލީގެ ފިއުމިޗީނޯގައި ހެޑްކުއާޓާސް ހުންނަ ޕޮލެންޑުގެ ބްލޫ ޕެނަރޯމާއަކީ ޔޫރަޕުގެ އެތެރޭގައި ދަތުރު ކުރާ ލޯކޮސްޓް ފްލައީޓެކެވެ. މިއީ މި ފްލައިޓުން ރާއްޖެ އަށް ދަތުރު ފަށާ ފުރަތަމަ ފަހަރެވެ. ރާއްޖެ އަށް އާއްމުކޮށް ބަޖެޓް އެއާލައިންތަކުގެ ތެރެއިން އުދުހެނީ އޭޝިއާ އަށް ނިސްބަތްވާ އެއާލައިން ތަކުންނެވެ. އަދި ޔޫރަޕުގެ ބަޖެޓް ކެރިއާތައް ރާއްޖެ އަންނަނީ މަދުންނެވެ.

ޕޮލެންޑުން ބަޖެޓް އެއާލައިނެއްގެ ދަތުރުތައް ރާއްޖެ އަށް ފަށާއިރު، މިއީ އެ ގައުމުން އަންނަ ފުރަތަމަ އެއާލައިން އެވެ.

ޕޮލެންޑަކީ ރާއްޖެއަށް އުންމީދީ މާކެޓެކެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 6,431 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 5,400 މީހުންނާ އަޅާބަލާއިރު 19 ޕަސެންޓުގެ އިތުރުވުމެކެވެ.