ވިޔަފާރި

އިންޑިއާގެ ވިސްތާރާ ރާއްޖެއަށް ދަތުރު ފަށަނީ

Feb 14, 2021
1
އިންޑިއާގެ ވިސްތާރާ އެއާލައިން: އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފަށާނެ -- ފޮޓޯ: ފްލައިޓްގްލޯބަލް
0%
0%
0%

އިންޑިއާގެ ވިސްތާރާ އެއާލައިން ރާއްޖެއަށް ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މާޗް މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދަތުރު ފަށާ ވިސްތާރާ އެއާލައިން އިން ދަތުރު ކުރާނީ ރާއްޖޭން މުމްބާއީ އަށެވެ.

މި އެއާލައިނުން ރާއްޖޭން މުމްބާއީއަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މި އެއާލައިންގެ ޓިކެޓުގެ އަގުތައް އުޅެނީ ދެކޮޅަށް 227 ޑޮލަރާއި 243 ޑޮލަރާ ދެމެދުގަ އެވެ.

ވިސްތާރާ އެއާލައިނުން ދަނީ މިހާރު ވެސް 34 މަންޒިލަކަށް ދަތުރު ކުރަމުންނެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރު ފަތުރު ފަސޭހަ ކުރުމުގެ ގޮތުން "ޓްރެވަލް ބަބަލް" އެއް ހަދާފައިވެ އެވެ. މި ބަބަލްގެ ދަށުން އިންޑިއާގެ ގޯއެއާ އާއި އިންޑިއޯ ރާއްޖެ އަށް ދަތުރު ކުރެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345