ވިޔަފާރި

41،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު އަލުން އޮޕަރޭޝަނަށް

Jan 4, 2021
6
މިދިޔަ އަހަރު ކުރީކޮޅު ހުޅުވި ފިޔަވަޅު މޯލްޑިވްސް: ބޯޑަރު ހުޅުވިފަހުން ހުޅުވި އެނދުގެ އަދަދު ދަނީ އިތުރު ވަމުން -- ފޮޓޯ: ފިޔަވަޅު މޯލްޑިވްސް
0%
0%
0%

ރާއްޖޭގެ ޓޫރިޒަމްގައި ހުރި 41،000 އަށް ވުރެ ގިނަ އެނދު އަލުން އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު މިއަދު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވިފަހުން މިހާތަނަށް 41،660 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފަ އެވެ.

މީގެތެރޭގައި ހިމެނެނީ 141 ރިސޯޓް/ މެރީނާގެ 32،632 އެނދާއި 11 ހޮޓަލުގެ 1،458 އެނދާއި 130 ސަފާރީއެއްގެ 2،504 އެނދެވެ. މީގެ އިތުރުން ހިމެނެނީ 259 ގެސްޓްހައުސްއެއްގެ 259 އެނދެވެ. މިއާއެކު ޖުމްލަ 541 ޓޫރިސްޓު ޕްރޮޕަޓީ މިވަނީ އަލުން ހުޅުވިފަ އެވެ.

މި އަދަދަށް އެނދު އޮޕަރޭޝަނަށް ގެނައި ނަމަވެސް ކޮވިޑް-19ގެ ބަލި ރާއްޖޭން ފެނުމާއެކު މާޗް 15 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު ރާއްޖޭގައި 52،319 އެނދު ހުއްޓެވެ. މީގެތެރޭގައި ހިމެނެނީ 631 ގެސްޓްހައުސް އެނދާއި 153 ސަފާރީ އަދި 13 ހޮޓަލުގެ އިތުރުން 166 ރިސޯޓެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345