އާމްދަނީން ނަގާ ޓެކްސް

ސިޔާމް ކޯފާވެއްޖެ: ހިތުހުރި ވަރަކަށް ޓެކްސް ނެގުމަކީ ފޭރުން

Oct 30, 2019
11
މީދޫ ދާއިރާގެ މެންބަރު ސިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: މަޖިލީސް
60%
0%
40%

މިހާރު ވެސް ދިވެހި ރައްޔިތުންގެ އަތުން ޓެކްސްގެ ނަމުގައި ވަރަށް ބައިވަރު ފައިސާ ނަގަމުންދާ ކަމަށާއި، ހިތުހުރި ވަރަކަށް ރައްޔިތުންގެ މުދަލުން ޓެކްސް ނެގުމަކީ ފޭރުމެއް ކަމަށް ވިދާޅުވެ، އާމްދަނީން ޓެކްސް ނެގުމާދެކޮޅަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އިންކަމް ޓެކްސްގެ ބިލުގެ ބަހުސްގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަވާ ސިޔާމް ވިދާޅުވީ މިހާރު ނަގާ ޓެކްސް ފައިސާއިން ރައްޔިތުންނަށް އެކަށީގެންވާ ފައިދާއެއް ނުކުރާއިރު، އާމްދަނީން ޓެކްސް ނަގަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

"މި ޓެކްސް ނަގާކަށް ބޭނުންމެއް ނޫން. މިހާރުވެސް ވަރަށް ބައިވަރު ފައިސާ އެބަ ނަގާ ޓެކްސްގެ ގޮތުގައި. އިތުރު ޓެކްސެއް ނެގެންޖެހޭނީ އޭގެން ކުރަނީ ކޮން ކަމެއްކަން އެނގިގެން. ހިތަށް އަރާވަރަކަށް ޓެކްސް ނެގުމަކީ ފޭރިގަތުމެއް،" އާމްދަނީން ޓެކްސް ނަގަން އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުން ސިޔާމް ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު ސިޔާމް ވިދާޅުވީ މިހާރުވެސް އެންމެ ގިނައިން ދައުލަތަށް ޓެކްސް ދައްކާ މީހެއްގެ ހައިސިއްޔަތުން، ވިޔަފާރިވެރިން ޓެކްސް ދައްކަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނެކަމުގެ އުއްމީދުގައި ކަމަށެވެ.

"އެންމެ ގިނައިން ޓެކްސް ދައްކާ މީހެއް އަޅުގަނޑަކީ. ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދައްކަން ދައުލަތަށް. ދައްކަނީ ބުރަ މަސައްކަތުން ހޯދާ ފައިސާއިން. ވިޔަފާރިވެރިން ޓެކްސް ދައްކަނީ ހައްގުވެރި ފަރާތަށް އެ ހައްގު ލިބިދިނުމަށްޓަކައި. އެކަމަކު އަޅުގަނޑުމެންނަށް ޒަމާނުއްސުރެ ފެންނަނީ އެ ފައިސާއަށް ބަޔަކު ހިޔާނާތްތެރިވާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން ޓެކްސް ނަގާ އެއް ގައުމުކަމަށްވީ ނަމަވެސް، ރާއްޖޭގެ އިގުތިސޯދު ކުރިއެރުމުގެ ބަދަލުގައި ދަށަށް ދަނީ، މާލިއްޔަތަށް ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާތީ ކަމަށެވެ.

އިންކަމް ޓެކްސްގެ ބިލުގައި ވަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާށެވެ. ނަމަވެސް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި އޮތީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އަތުން ޓެކްސް ނަގާށެވެ.

މިއަދު ބަހުސް ކުރެއްވި ގިނަ އެމްޑީޕީ މެންބަރުން ތާއީދު ކުރެއްވީ ޓެކްސް ނެގޭ އަދަދު އެ ޕާޓީން ވައުދުވި ގޮތާއި އެއްގޮތަށް ބިލް ބަދަލު ކުރާށެވެ.

ސަރުކާރުން ފޮނުވި ބިލުގައިވާ ގޮތުން އިންކަމް ޓެކްސް ނަގަނީ 40،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އަށް ޕަސެންޓެވެ. 60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގާއިރު، 100،000 އަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަގާނީ 15 ޕަސެންޓް ކަމަށް ބިލުގައިވެ އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖީއެސްޓީ

ޖީއެސްޓީ ނަގަން ނިންމި އިރު ކަލޭ ތިވަރެއްނުވޭ

ސަކީޒްލާ

ނަގާނަން ޓެކުސް. ސިޔާ މު މެންގެ ގައި އުފުރާފަވެސް ޓެކުސް ނަގަންޖެހޭ..

އައިސާ

ވަރަށް ބަރާބަރު ވާހަކައެއް ޝިޔާމް، އެބުނީ. މިހާރު ނަގާ ޓެކްސްތައް ވެސް މަދެއް ނޫން. އެއިން، ރައްޔިތުންނަށް މާބޮޑު ފައިދާތަކެއް ނުކުރާއިރު، އަނެއްކާ އިންކަމް ޓެކްސް ނަގަން އަހަރެމެން ނުރުހޭ.

ޙަސަނާ

ޙެޔޮނުވާނެ އަލައްހުޅުވާ ރިސޯޓަކުން ދިވެއްސަކައް ވަޒޭފާގަޑެއްލިބޭގޮތައް ގާނޫނެއް ހަދާދީބަލަ ހަމަ ހުޅުވަން ތައްޔާރުވާއިރު މިއޮންނަނީ ވަޒީފާތަކައް ބޭރުމީހުން ހަމަޖައްސާނިންމާފަ ރަގަޅުރިސޯޓެއްހުޅުވަންޔާ އެހެންރިސޯޓުތަކުގަ ތިބޭ ބޭރުމީހުން އެމީހުންތިބި ވަޒީފާއައް އެމީހުންގެ ގާތްމީހުން ގެނެއްސަ އެމީހުން މިބަދަލްވަނީ އަލައްހުޅުވާރިސޯޓައް އެކަމަކު ނަންވާނީދިވެހިން އެއްރިސޯޓުން އަނެއްރިސޯޓައް ދުވާކަމައް މިކަމުގާ ސަރުކާރުވަނީ ލޯމަރާލަފަ ކަމަކި ޓެކްސްނެގުން އެކިނަންނަމުގަ

ރިޝްފާ

ހިތުހުރިހާ ގޮތަކަށް ސްޓާފުންގެ ސަރވިސް ޗާޖް ބޭނުންކުރުމަކީވެސް ފޭރުން

ވާން

ބަލައްޗޭ މި ވިޔަފާރި ވެރިންތައް މަޖިލީހުގަ ހުއްޓަ ތި އިންކަމް ޓެކްސް ނެގޭނެ ދުވަހެއް ނާންނާނެ

ޙައްބޭ

އެކަމަކުވާ މި މަހުޖަނުން އަތުން ބައި ރުފިޔާ ވެސް ސަރުކާރަށް ދައްކަން ޖެހިއްޖެޔާ ރުޅި އާދޭ ދޯ

ބައްލަވާ ޝިޔާމު

މަނިކުފާނު ޓެކްސްގެ ގޮތުގައި ތިޔަ ދައްކަވަނީ މަނިކުފާނުގެ ފައިސާއިންތޯއެވެ. ނޫން ނޫން. ތިޔަ ހުންނެވީ ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި. ޓެކްސް ފައިސާ އަކީ ރައްޔިތުން ދައުލަތަށް ދެކުމަށް މަނިކުފާނުގެ ވިޔަފާރި ބިލަށް އިތުރުކޮށްދޭ އަދަދެއް. އެއީ ފަރަންޖީން ކަމުގައި ވިޔަސް. ދެން މަނިކުފާނުގެ އަމިއްލަ ފައިސާއިން މިހާތަނަށް ދެއްކެވީ ކޮން އެއްޗެއްތޯއެވެ.

ވިސްނައިދިނުނެ

ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އަކީ ކަސްޓަމަރު ދައުލަތަށް ދޭ އެއްޗަކީ. އެކަމަކު ވިޔަފާރިން ނަގާ %15 އަކީ ވިޔަފާރިވެރިޔާގެ މިލްކިއްޔާތުން ދައްކާ ޓެކްސް އެއް.

އަރީ

ޝިޔާމް މިހާރަކު ދައްކާ ޓެކްސް އެއީ ޝިޔާމްގެ ޖީބުން ނަގާއެއްޗެއްނޫން.. ދެން މިހާރު ނަޖަން މިއުޅޭ ޓެކުހަކީ ޝިޔާމްގެ ޖީބައްވަންނަވަރު ބަލާފަ އޭގެން ނަގަން އުޅޭ ޓެކުސް.. ޝިޔާމް ޖީބައް އެއްޗެއް ނުލަންޏާ ޓެކުހެއް ނުނަގާނެ..

ޕިކްސް

ޝިޔާމް ދައުލަތަށް ދައްކާ ފައިސާއަކީ ރައްޔިތުންނާއި ފަތުރުވެރިން ދޭއެއްޗެއް. ޖީއެސްޓީ ދައްކަނީ ރައްޔިތުން ޓީޖީއެސްޓީ އާއި ފަރތުރުވެރިކަމުގެ އެހެން ޓެކްސްޓައް ދެނީ ފަތުރުވެރިން. ހާދަހާ ބިރެކޭ ތިގަންނަނީ އިންކަމްޓެކްސް ދައްކަން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345