ރައީސް މުހައްމަދު ނަޝީދު

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ހުވަދޫއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގއ. ގދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ރައީސް ނަޝީދު އެ ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ކައުންސިލަރުންގެ މަހާސިންތާ ޝަރަފްވެރި ކޮށްދެއްވާނެ އެވެ.

މީގެ އިތުރުން ދެ އަތޮޅުގެ ރަށްރަށު ކައުންސިލްތަކާއި ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ބަދަލު ކުރައްވާނެ އެވެ. ރައީސް ނަޝީދު ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ގއ. އާއި ގދ. އިދާރީ ދާއިރާތަކަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން މި ދަތުރުފުޅަށް ފަހު މަޖިލީހުގެ ރައީސް އައްޑޫ އަދި ފުވައްމުލަކަށް ވެސް ވަޑަައިގަންނަވާނެ އެވެ.