ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އޮފީސް އިމާރާތަށް ހުޅުމާލެއިން ބިން ދީފި

ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮފީސް އިމާރާތް ކުރަން ބިން ހަމަޖައްސައިދީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެޗްޑީސީ ން މިއަދު ބުނީ ގައުމީ ބޭންކުން ހުޅުމާލޭގައި ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާ ކުުރުމުގެ ގޮތުން އެ ބޭންކުގެ އޮފީސް އިމާރާތެއް ތަރައްގީ ކުރަން ޚާއްސަ ބިމެއް ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ އެމްޑީ ސުހައިލް އަހުމަދެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޓިމޮތީ ސޯޔާ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބީއެމްއެލްގެ އޮފީސް އިމާރާތް އަޅާނެ އެވެ

ބޭންކަށް ބިން ދޫކޮށްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސެންޓްރަލް ޕާކް ދެކުނު ސަރަހައްދުން އަމީން އެވެނިއުއާ އިންވެގެނެވެ، އެއީ ކިހާވަރެއްގެ ބިމެއް ކަމެއް ހާމައެއް ނުކުރެ އެވެ.