ސައިންސް

ގާދިމީ ޒަމާން ބުނެދޭ ސަރަހައްދެއް ހޯދައިފި

ގަދީމީ ޒަމާނުގެ މީހުންގެ ދިރިއުޅުން އޮތް ގޮތް ހޯދައި އެނގުމުގެ ޝައުގުވެރިކަން ގިނަ ބައެއްގެ ހިތުގެ ތެރޭގައި އަބަދުވެސް އޮވެ އެވެ. އާންމުކޮށް ގާދިމީ ޒަމާނުގެ ދިރިއުޅުން އެނގިގެންދަނީ އެ ޒާމާނެއްގެ މީހުން ލިޔެފައިވާ ލިޔުމަކުންނެވެ. ނޫނީ ކުރަހާފައި ކުރެހުމެކުންނާއި ކޮންމެ ވެސް ތާރީހީ ސައިޓަކުންނެވެ. މިފަދަ ސައިޓުތަކުންނާއި ފޮތްފޮތުގައި ހުންނަ ލިޔުމަކީ ކޮންމެ މީހަކަށް އަދި ކިޔަން އެގޭ އެއްޗަކަށް ވެސް ނުވެ އެވެ.

އާދަޔާ ހިލާފު ފޮސިލްތައް ފެނުމަކީ ހަމަ އާދައިގެ ކަމެކެވެ. އެއީ 30 ފޫޓު ހުންނަ އިންސާނެއްގެ ކަށިގަނޑަކަށް ވިޔަސް މެއެވެ. އެއަކުން ގަދީމީ ޒަމާނުގައި މީހުން ދިރިއުޅުނު ގޮތުގެ ސީދާ ތަފްސީލެއް ނުލިބެ އެވެ. ފޮސިލްތަކުގެ ތެރެއިން ގިނަ އާކިއޮލޮޖިސްޓުން ހޯދަން ޝައުގުވެރިކަން ހުންނަނީ ޑައިނަސޯތަކުގެ ފޮސިލްތަކެވެ. ސަބަބަކީ ޑައިނަސޯގެ ފޮސިލްތަކުގެ އަގު އަދިވެސް ދަށް ނުވާތީ އެވެ. މިފަދަ ހޯދުމެއް ހޯދުމުގެ ބޭނުމުގައި އެމެރިކާގެ ކޮލޮރާޑޯގެ މިޔުޒިއަމެއް ކަމަށްވާ ޑެންވާ މިޔުޒިއަމް އޮފް ނޭޗާ އެންޑް ސައިންސްގެ އާކިއޮލޮޖިސްޓުން ވަނީ ވަރަށް ބޮޑު ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާގެ އެހީގައި ސީދާ ޑައިނަސޯގެ ކަށިތައް ފޮރުވިފައިވާ ސަރަހައްދެއް ދެނެގަނެވުނެވެ.

މި ކަށިތަށް ވެގެން ދިޔައީ އެމީހުނަށް ބޮޑު ހޯދުމެއް ހޯދަން މަގުފަހި ކޮށްދިން ކަށިތަކަށެވެ. އެ ކަށިތަކުގެ ދިރާސާ ކުރުމުން، ގަދީމީ ޒަމާނުގެ މީހުންގެ ދިރިއުޅުމުގެ ސިފަތަކަށް ވަރަށް ބޮޑަށް އަލި އެޅިގެން ދިޔަ އެވެ.

އާކިއޮލޮޖިސްޓުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އާކިއޮލޮޖިސްޓެއް ކަމަށްވާ ޝަރޮން މިލްޓާ އެންމެ ފުރަތަމަ ހީކުރެއްވީ އޭނާއަށް ފެނި ވަޑައިގަތީ ކުކުޅު ބިހެއް ކަމަށެވެ. ނަމަވެސް މިޔުޒިއަމަށް ގެންގޮސް ކުރިއަށް ގެންދިޔަ ދިރާސާއިން އެއީ އަލިފާން ފަރުބަދަތައް ގޮވުމުގެ ސަބަބުން މަރުވެފައިވާ ޑައިނަސޯއެއްގެ ކަށިކޮޅެއްކަން އެގުނެވެ.

ބުނެވޭ ގޮތުގައި ޑައިނަސޯތައް މަރުވެފައިވަނީ ބާރުގަދަ އެތަކެއް އަލިފާން ފަރުބަދަތައް ގޮވުމުގެ ސަބަބުން ބިން ހެލުމާއި ސުނާމީތައް އައިސްގެނެވެ. ގުދުރަތީ މި ބޮޑު ހާދިސާގައި އެއްބަރަކަށް އޮތް ދުނިޔެ ވަކިވަކި ބައްރުތަކަށް ބެހިގެން ދިޔައީ ކަމަށް އިލްމީ ދިރާސާތަކުގެ އަލީގައި ޔަގީން ކުރެވެ އެވެ.

ޝަރޮން މިލްޓާއަށް ފެނުނު ކަށިކޮޅަކީ ޑައިނަސޯއެއްގެ އިނގިޔެއްގެ ހުޅެއްގެ ބައެވެ. އެހެންކަމުން ޝަރޮން މިލްޓާގެ ޓީމުން ކަށިތައް ފެނުނު ސަރަހައްދު އިތުރަށް ދިރާސާކުރަން ދިޔަ އެވެ. ދިރާސާ ކުރުމުގެ ތެރެއިން ޑައިނަސޯތައް މަރުވުމަށްފަހު ދުނިޔޭގައި އުޅުނު ބައެއްގެ ދިރިއުޅުން ދޭހަކޮށްދޭ އާކިއޮލޮޖިކަލް ސައިޓެއް ވެސް ވަނީ ފެނިފަ އެވެ.

އެ ސައިޓު ފެނިފައިވަނީ ޗަކަ ބިން ހިމެނޭ ސަރަހައްދަކުންނެވެ. އަދި އެފަދަ ކިތަންމެ ސަރަހައްދުތަކެއް މީގެ ކުރިން ދުނިޔޭގެ އެކި ހިސާބުތަކުން ވެސް ވަނީ ފެނިފަ އެވެ. ސުނާމީގެ ސަބަބުން މުޅި ދުނިޔެ އޭރު ވަނީ ޗަކަވެފަ އެވެ. އެހެންކަމުން އޭރުގެ މީހުން ދިރިއުޅެމުން އައީ ޗަކަ ހިސާބުތަކުގައި ކަން އެމެރިކާގެ މިޔުޒިއަމްތަކުގެ އާކިއޮލޮޖިސްޓުން ކުރި ދިރާސާތަކަށް ވަނީ އެނގިފަ އެވެ. ޗަކަ ހިސާބުތަކުގައި އެމީހުން ދިރި އުޅުނީ ފަސޭހައިން ފެން ލިބޭތީ ކަމަށް ބެލެވެ އެވެ.

ސައިޓުތަކުން ފެނުނު އިންސާނުންގެ ކަށިތަކުން އެއްވެސް ބާވަތެއްގެ އަންނައުނެއް ފެނިފައެއް ނުވެ އެވެ. އެހެންކަމުން އެމީހުން އަންނައުނުގެ ގޮތުގައި ބޭނުންކުރީ ޖަނަވާރުތަކުގެ ހަންކަން ވެސް އެގުނެނެވެ. މިކަން އެގުނީ ޖަނަވާރުތަކުގެ ހަމުގެ ސަބަބުން ޖެހޭ ބަލިތައް ފެނުނު ކަށިތަކުން ފެނިފައި ވުމުންނެވެ.

ގެއެއްގެ ގޮތުގައި ބޭނުންކުރީ ގަސްގަހުގެ ހިޔަލުގައި ހަދާފައި ހުންނަ ޓެންޓު ފަދަ އެއްޗެއްކަން ވެސް ޝަރޮން މިލްޓާގެ ޓީމުން ކުރި ދިރާސާއަށް އެގުނެވެ.

ގަދީމީ ޒަމާނުގެ މީހުން ދިޔައީ ޖަނަވާރުތައް ޝިކާރަ ކުރުމަށްފަހު އޭގެ ހަންގަނޑު ނަގައި އަވީގައި ހިއްކަމުންނެވެ. މިއީ ގިނަ މިއުޒިއަމެއްގެ އާކިއޮލޮޖިސްޓުން ބައިވެރިވެގެން ކޮށްފައިވާ ދިރާސާއަކަށްވުމުން، މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ވުރެ މި ދިރާސާ އެކިއުރޭޓެވެ.

ޖަނަވާރުގެ ހަން ކެއްކުމުގައި ބޭނުން ކޮށްފައި ވަނީ ހިލަކަން ވެސް ސައިޓު އިތުރަށް ދިރާސާ ކުރުމުން އެގުނެވެ. އެ ހިލަތަކުގައި ހުންނަނީ ފުންކޮށް ވަޅެއް ކޮނެފަ އެވެ. އެއީ ޖަނަވާރުތަށް ކޮށާލުމަށްފަހު އެއަށް އެޅުމަށެވެ. މިގޮތަށް ވަޅު ކޮނެފައި ހުރި ގިނަ އަދަދެއްގެ ހިލަތައް ވަނީ ފެނިފަ އެވެ. ބޯ ފެން ރައްކާ ކުރުމަށް ބޭނުންކުރީ އޮނެވެ. އޮނު ކެނޑުމަށްފަހު އޭގެ އެއްކޮޅު ބައްދާލުމަށްފަހު އަނެއް ކޮޅުގައި ހުންނަނީ މަތިގަނޑެއް އަޅައިފަ އެވެ.

އެހެންކަމުން ގަދީމީ ޒަމާނުގެ ޒަމާނުގައި މީހުން ދިރިއުޅުނީ ސަވައިވަލް ކުރާއިރު އުޅޭ ގޮތަށް ކަމަށް މި ދިރާސާއަށް ފަހު ގިނަ އާކިއޮލޮޖިސްޓުން އެއްބަސްވެ އެވެ. މިއީ ގަދީމީ ޒަމާނުގައި މީހުން ދިރިއުޅުނު ގޮތް މިހާ ޔަގީން ކަމާއެކު ބުނަން އެގުނު ފުރަތަމަ ދިރާސާ އެވެ. ދިރާސާގައި އެމެރިކާގެ 321 މިޔުޒިއަމެއްގެ 2376 އާކިއޮލޮޖިސްޓުން ވަނީ ބައިވެރިވެފަ އެވެ.