ހަބަރު

ގުދަނަކުން ކޮސްމެޓިކްސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Oct 31, 2019
2

މާލޭގައި ހުރި ގުދަނެއް ފަޅާލައިގެން ގިނަ އަދަދެއްގެ ކޮސްމެޓިކްސް ސާމާނު ވަގަށްނެގި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ހެންވެއިރުގައި ހުރި ގުދަނެއް ފަޅާލައިގެން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ހައްޔަރުކޮށް، އޭނާ ވަގަށް ނަގާފައިވާ ސާމާނު ވެސް ވަނީ ފުލުހުންގެ ބަލުމުގެ ދަށަށް ގެނެސްފަ އެވެ.

މާލޭ ސަރަހައްދުގައި ފުލުހުންގެ ޕެޓްރޯލްތައް މި ފަހުން ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް، ވައްކަމާއި ފޭރުމުގެ މައްސަލަތައް އަދިވެސް ދަނީ އިތުރުވަމުންނެވެ.