ލައިފްސްޓައިލް

ނިޔަފަތި އެއްކޮށްގެން އެންގޭޖްމެންޓް އަނގޮޓިއެއް!

ޖަޕާން މީހަކު އަހަރެއް ވަންދެން އޭނާގެ އަތްފައިން ކެނޑި ނިޔަފަތިތައް އެއްކޮށްގެން އެންގޭޖްމަންޓް އަނގޮޓިއެއް ހަދައިފި އެވެ. އެމީހާ ވަނީ ނިޔަފަތި ތަކުން އަނގޮޓިއެއް ހެދިގޮތުގެ ވީޑިއޯއެއް ޔޫޓިއުބުގައި ޝެއާކޮށްފަ އެވެ.

މި ވީޑިއޯ އަށް އެމީހާ ދީފައިވާ ނަމަކީ "އިންސާނެއްގެ ނިޔަފަތިން އެންގޭޖްމަންޓް އަނގޮޓިއެއް ތައްޔާރުކުރާނެ ގޮތް" މިހެންނެވެ. ވީޑިއޯގައި ވަރަށް ތަފްސީލުކޮށް މި އަނގޮޓި އުފެއްދި ގޮތް އޭނާ ދައްކާފައި ވެއެވެ. އަނގޮޓީގެ އެހަކަށް އޭނާ ބޭނުންކޮށްފައިވަނީ ބްލެކް ސްޓޯން އެކެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި އެންމެ ފުރަތަމަ އޭނާ ނިޔަފަތިތައް ރަނގަޅަށް ހިމުންކޮށް މުގުރާލަނީ އެވެ. ދެން ތެއްޔަކަށް އަޅާފައި ފެނާ އެއްކުރަނީ އެވެ. ދެން ކޮމްޕްރެކްސްކޮށް އިތުރުވާ ފެނުގެ ބައި ވަކިކޮށްލަ އެވެ. ދެން މައިކްރޯވޭވުން 90 މިނިޓް 150 ޑިގްރީގައި ހޫނުކޮށްލަ އެވެ.

މިފަދަ ގޮތަކަށް އޭނާ އަނގޮޓި ހަދާ ނިންމާލާތަން މި ވީޑިއޯ އިން ފެނެ އެވެ. މި ވީޑިއޯ 5.5 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް މިއީ ވަރަށް ފަކުރު ގަންނަ ގޮތަކަށް ތައްޔާރުކުރި އަނގޮޓިއެއް ކަމަށް ގިނަ ބަޔަކު ކުރި ކޮމެންޓްގައި ވެއެވެ.