އެމްއެންޑީއެފް

ހައްދުފަހަނައެޅުން ހުއްޓުވާ އެކްޝަން ޕްލޭނަށް ހިޔާލު ހޯދަނީ

ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުމުގެ މަސައްކަތްތަކާބެހޭ ނެޝަނަލް އެކްޝަން ޕްލޭން އެކުލަވައުލުމަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނީ ވައިލެންޓް އެކްސްޓްރީމިޒަމް ހުއްޓުވުގެ މަސައްކަތްތަކާބެހޭ ނެޝަނަލް އެކްޝަން ޕްލޭންގައި މަސައްކަތް ކުރަން ކަނޑައަޅާފައިވާ ދާއިރާތަކުން މަސައްކަތްތައް ކުރިއަށް ގެންދަން، އަނިޔާވެރި ކަމަށް ގޮވާލާ ހަރުކަށި ވިސްނުން ފެތުރުން ހުއްޓުވުުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އެކްޝަން ޕްލޭން އެއް ތައްޔާރުކުރުމުންދާ ކަމަށެވެ.

އެންސީޓީސީން ބުނީ މި އެކްޝަން ޕްލޭންގައި ހިމަނަންޖެހޭ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ދީފައި ވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.