ސައިންސް

ޒުވާބު ނިމުނު އިރު ޕްލެނެޓްވި ގިނިހިލަ އަކަށް!

ޖައްވުގައި ބޭނުންކުރާ ސެޓްލައިޓުތަކުން ކުލަކޮށް މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކާއި ވިޑިއޯތައް ނުނެގެ އެވެ. އެއީ ސެޓްލައިޓުތަކުގެ އެކްޕޯޝާ އެހާ ބާރުގަދަ ނުވާތީ އެވެ. ސެޓްލައިޓުން ތަކުން ފޮނުވައިދޭ ފޮޓޯ ތަކާއި ވިޑިއޯތައް ހުންނާނީ ނައިޓް މޯޑުގަ އެވެ. ސެޓްލައިޓުތަކުގެ އެކްޕޯޝާ ބާރުގަދަ ކުރުމުގެ ވިސްނުމެއް ވެސް ސައިންސްވެރިން ނުގެންގުޅެ އެވެ. ސަބަބަކީ އެކްޕޯޝާ ހައިކޮށް ކުލަކޮށް މަންޒަރު ނަގާނަމަ ސެޓްލައިޓު އޮޕަރޭޓް ކުރުމަށް ބޭނުންކުރާ ސިސްޓަމްތަކުގެ ކެޕޭސިޓީ އިތުރު ކުރަން ޖެހޭތީ އެވެ. މަދުން ނަމަވެސް ސެޓްލައިޓުތައް އޮޕަރޭޓް ކުރުމަށް ކުއަންޓަމް ކޮމްޕިއުޓާ ނުވަތަ ސުޕަ ކޮޕްމިއުޓާ ބޭނުންކުރެ އެވެ. އެންމެ ކުއަންޓަމް ކޮމްޕިއުޓަރަކުން މުޅި އެމެރިކާގައި ކޮމްޕިއުޓަރުން ކުރަން ޖެހޭ މަސައްކަތް ކުރެވޭނެ އެވެ.

ސެޓްލައިޓުތަކުގެ މަންޒަރުތައް ނައިޓް މޯޑުގައި ހުރުމުން ބައެެއް މަންޒަރާއި ޖައްވުގައިވާ ތަކެތި ސާފު ނުވާ ގޮތް ކުރިމަތިވެ އެވެ. މިއީ އާންމު ކަމެކެވެ. ނަމަވެސް ފޮޓޯތައް ތަހުލީލު ކުރުމަށްފަހު އެއަށް ގޮތެށް ނިންމެ އެވެ. މިކަން ކުރަނީ ކުރިން އެއްކުރިފައިވާ މައުލޫމާތުތަކާއި އަޅާ ކިޔުމަށްފަހު އެވެ.

މިސާލަކަށް ގިނިހިލައެއް ފޮޓޯއަކުން ފެންނަނަމަ މީގެ ކުރިން ގިނިހިލަ ފެނިފައިވާ ފޮޓޯތަކުގެ އަޅާ ކިޔާނެ އެވެ. އަދި ފޮޓޯއިން ފެންނަ އެތީގައި ގިނިހިލައެއްގެ ސިފަތައް އެކުލެވިގެންވޭތޯ ބަލާނަ އެވެ. މިއީ ހުރިހާ ޖައްވީ އިދާރާއަކުން ވެސް ބޭނުން ކުރާ އުކުޅެވެ.

ނައިޓް މޯޑުގައި މަންޒަރު ދައްކުވައި ދެނީ އަޅިކުލައިގެ ކަމަށްވުމުން ގިނިހިލަތައް ވަކިކުރަން ދަތިވެ އެވެ. މިފަދަ ކަމެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ފެންމަތިވެފަ އެވެ. ޖައްވީ ހޯދުންތަކަށް ބޭނުންކުރާ ސެޓްލައިޓަކުން ވަނީ ޖުޕިޓާ އާއި މާސްއާ ދެމެދުގެ ފޮޓޯ އެއް ނަގާފަ އެވެ. މި ފޮޓޯއިން ފެންނަނީ ވަށްކޮށް ވާ އެއްޗެކެވެ. ގިނަ ޖައްވީ އިދާރާތަކުން ނިންމީ އެއީ އާ ޕްލެނެޓެއް ކަމަށެވެ. އެގޮތަށް ނިންމީ އެއްވެސް ސައިންޓިފިކް ހެއްކަކަށް ބެލުމެއް ނެތި އެވެ. ބޮޑަށް ބެލެވުނީ މިދިޔަ ފަހަރު ނޯބަލް އިނާމް އާ ޕްލެނެޓް ހޯދި ފަރާތްތަކަށް ދިއުމުން އެ ޝަރަފުގެ ހޯދުމުގެ ނިޔަތުގައި ކުރި ކަމެއްގެ ގޮތުގަ އެވެ.

ފޮޓޯއިން ފެންނަ އެއްޗަކީ ޕްލެނެޓެއް ކަމަށް ނިންމުމުން މަދު ޖައްވީ އެޖެންސީތަތަކުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ޕްލެނެޓަށް ކަމަށް ނިންމި އިދާރާތަކުން ބުނަނީ އެއީ "ޑްވާފް ޕްލެނެޓެއް" ކަމަށެވެ. ޑުވާފް ޕްލެނެޓަކީ ސޯލާ ސިސްޓަމްގައި ހިމެނޭ ކުދި ޕްލެނެޓްތަކެވެ.

މާސް އާއި ޖުޕިޓާ ދެމެދު އެސްޓްރޮއިޑް ބެލްޓެއް އޮންނަ ކަމީ ހުރިހާ ޖައްވީ އިދާރާތަކުން ވެސް ގަބޫލުކުރާ ކަމެކެވެ. ނަމަވެސް އެ ދެމެދުން އިތުރު ޕްލެނެޓެެއް ފެނިދާނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެ އެވެ. ފޮޓޯއިން ފެނުނު އެއްޗަކީ ޕްލެނެޓެއް ނޫންކަން ސާބިތު ކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީ ޔޫރަޕިއަން ސްޕޭސް އެޖެންސީ އިންނެވެ.

އެ އިދާރާއިން ކުރި ތަހުލީލުގައި ފޮޓޯއިން ފެނުނު އެއްޗަކީ މާސް އާއި ޖުޕިޓާ ދެމެދުގައިވާ އެސްޓްރޮއިޑް ބެލްޓުގެ ބެލެންސުން ކަޓައި ވެއްޓެން ދިޔަ ގިނިހިލައެއްކަން ވަނީ ސާބިތު ކުރެވިފަ އެވެ. އަދި އެ ގިނިހިލައިގެ ވަށައިގެންވާ ރިންގަކީ ބޯ ހިރަފުސް ގަނޑެކެވެ. ހިރަފުސް ވިދާފައިވާ ކަމަށް ދެެއްކީ އެއަށް ހަނދުގެ އަލި އެޅިފައިވުމުންނެވެ. މި ގިނިހިލަ ޕްލެނެޓެއް ކަމަށް ނިންމީ މި ރިންގު ހުރެގެނެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި މިއީ "ހައިޖިއާ 10" ނަމަކަށް ކިޔާ ގިނިހިލަ އެކެވެ. އެއާއެކު ޖައްވީ އިދާރާތަކުގެ މެދުގައި ކުރެވުމުން ދިޔަ ބަހުސް ވަނީ ނިމުމަކަށް އައިސްފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޖައްވުގައި އެއް މިލިއަނަށްވުރެ ގިނަ ޑުވާފް ޕްލެނެޓް ނުފެނި އެބަހުއްޓެވެ. އެހެންކަމުން އަލަށް ފެންނަ ގިނިހިލަތަށް ފާހަގަ ނުކުރެވި މިކަހަލަ ޒުވާބު ޖައްވީ އިދާރާތަކުގެ ދެމެދުގައި އާންމުކޮށް ހިނގަ އެވެ.