ހަބަރު

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް ނަޝީދު އައްޑުއަށް ވަޑައިގެންނެވީ ގއ. ވިލިނގިލީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި "ދެކުނު މަހާސިންތާ 2019" ގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހުގަ އެވެ. އައްޑުއަށް ވަޑައިގަތުމުގެ ކުރިން އިއްޔެ އެމަނިކުފާނު ވަނީ ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފަ އެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށާއި އެމްޑީޕީއަށް ތާއީދު ކުރާ ސަޕޯޓަރުން އެ ރަށުގެ ބަނދަރު ސަރަހައްދަށް ޖަމާވި އެވެ. އައްޑޫގައި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮވެ އެވެ.

އައްޑުއަށް ރައީސް ނަޝީދު ވަޑައިގަތި ނުރަސްމީ ދަތުރުފުޅެއްގަ އެވެ. ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ނަޝީދު ވަޑައިގަންނަވާ އިރު އަންނަ މަހުގެ 22 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ލީޑާޝިޕް އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އެ މަނިކުފާނު ވަނީ ކުރިމަތިލައްވައިފަ އެވެ.