ގދ. ތިނަދޫ

ތިނަދޫ ފެން ހިންދާ ނިޒާމް ގާއިމު ކުރަން ހަވާލުކޮށްފި

Nov 2, 2019

ގދ. ތިނަދޫގެ ފެން ބޮޑުވާ މައްސަލައަށް ހައްލެއް ހޯދަން ފެން ހިންދާ ނިޒާމެއް ގާއިމު ކުރަން ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އަހަރު ދުވަހުގެ ތެރޭގައި ނިންމަން އެ މަސައްކަތް ހަވާލު ކުރީ 38،636،650.20 ރުފިޔާއަށެވެ. ތިމާވެއްޓާބެހޭ މިނިސްޓްރީން ބުނީ މި މަސައްކަތް ނިމުމުން ތިނަދޫގެ ފެން ބޮޑުވާ މައްސަލަ ހައްލުވާނެ ކަމަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބަތް ރަވަންޕޫރާ އެވެ.

މީގެ އިތުރުން ތިނަދޫގައި ދެ މެގަވޮޓްގެ ސޯލާ ފާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ތިނަދޫ ކައުންސިލާއި މިނިސްޓްރީއާ ދެމެދު ވެސް މިއަދު އެމްއޯޔޫ އެއްގައި ސޮއި ކުރި އެވެ. އަދި ތިނަދޫ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓާއެއް ބަހައްޓަން ވެސް މިއަދު ވަނީ ބަޔަކާ ޙަވާލުކޮށްފަ އެވެ.