ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ.
ނަސްރުގެ ތަހުނިޔާ ރައީސް ފޮނުއްވާފައި ވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއް މެދުވެރިކޮށެވެ.
"ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރަން. މި ގަ އުމަށްޓަކައި ޝަހީދުވެ ދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަން،" ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލައި ރާއްޖެ ހިފަން ދިން ހަމަލާއަށް މިއަދު 31 އަހަރު ފުރުނީ އެވެ. ހަނގުރާމައިގެ ތަމްރީނު ހަދާފައިވާ ފުރިހަމަ ލަސްކަރެއް ޒަމާނީ ހަތިޔާރާއެކު ރާއްޖެ އަރައި 19 ދިވެއްސަކު ޝާހީދުކޮށް އެތައް ބަޔަކު ޒަހަމް ކޮށްލި އެވެ. އަދި އަދަދު ނުކުރެވޭނެ މާލީ އަދި މާއްދީ ގެއްލުން ލިބުނެވެ.
ނޮވެމްބަރު ތިނެއްގައި ދިވެހިންނަށް ލިބުނު ފަތަހައިގެ ސަބަބުން މިއަދު ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު އެކަމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި ގިނަ ދިވެހިން ވެސް ވަނީ މިނިވަންވެފަ އެވެ. އަދި އިސް ލީޑަރު ބާޣީ އަބްދުﷲ ލުތުފީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިލުވާފައި ވަނިކޮށް މިދިއަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީ ލަންްކާގައި ދިން ޓެރަރިސްޓް ހަމަލާއާއެކު ދިވެހި އެމްބަސީއަށް ވަނުމުން އެތަނުގައި ބަހައްޓައި ފޮރުވައިގެން ގެން ގުޅެނިކޮށް ފަޅާ އެރުމުން މިހާރު ވަނީ ރާއްޖެ ގެނެސް ޖަލުގައި ބަންދު ކޮށްފަ އެވެ.