ހަބަރު

ލޭބާ ޕާޓީގެ ކޮންގްރެސް ބާއްވައިފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ފުރަތަމަ ގައުމީ ބައްދަލުވުން (ކޮންގްރެސް) ބާއްވާ އަސާސީ ގަވާއިދަށް އިސްލާހުގެނެސް ލީޑާޝިޕް ކޮމިޓީ އިންތިހާބު ކޮށްފި އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން އަލަށް އުފައްދާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ބާއްވަންޖެހޭ ގައުމީ ބައްދަލުވުން ލޭބާ ޕާޓީއިން ބާއްވާފައި ވަނީ އިއްޔެ އެވެ. މި ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް 25 އިސްލާހެއް ހުށަހަޅާ އެ އިސްލާހުތައް ވަނީ މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

ޕާޓީގެ ލީޑާޝިޕް ކޮމިޓީއަށް އިންތިހާބު ކޮށްފައިވާ ފަރާތްތަކަކީ:

  • 1. އަޙްމަދު ޝިހާމް، ރެޑްހައުސް / ސ. މީދޫ
  • 2. މައުރޫފް ޛާކިރު، ދާއިރާ / ބ. ކެންދޫ
  • 3. އިބްރާހީމް މުޖުތަބާ، އެވަރގްރީން / ބ. ތުޅާދޫ
  • 4. މުޙައްމަދު ސޯދިގް، ބްލޫރެސްޓް / ހއ. ދިއްދޫ
  • 5. އަލީ އަކްރަމް، ދަފްތަރު 1674 / މާލެ
  • 6. އަބްދުﷲ ރާޒީ، ފުނާޑު / ކޯޒީ ޏ. ފުވައްމުލަށް
  • 7. ޢަބުދުﷲ އަލީ / އެއްގަމުގެ ބ. ކެންދޫ
  • 8. މޫސާ މުޙައްމަދު، މާއޮޅު / ޏ. ފުވައްމުލަށް
  • 9. ނަސްމާ ވަހީދު، ވީނަސްގެ/ ގދ.ތިނަދޫ
  • 10. ހުސައިން މިރުޝާދު، ރަބަރުމާގެ /ސ.ފޭދޫ

ލޭބާ ޕާޓީ އިލެކްޝަންސް ގައި ރަޖިސްޓްރީ ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީގަ އެވެ.