ގައުމީ ލަވަ އަލްބަމާއި އައްޑަނަ މަޖައްލާ ނެރެފި އެވެ.
ކޮންމެ އަހަރެއްގެ ނަސްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ނެރެމުންދާ ގައުމީ ލަވަ އަލްބަމް ނެރެފައިވާ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.
ގައުމީ ލަވަ އަލްބަމް ނެރެދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިއަހަރުގެ ގައުމީ ލަވަ އަލްބަމްގެ ތީމަކީ މިންތީގެ ހަމަހަމަަކަން ނުވަތަ ދެ ޖިންސުގެ ހަމަހަމަ ކަމެވެ. މިއަހަރުގެ އަލްބަމަށްވެސް ރާއްޖޭގެ މަޝްހޫރު ޅެންވެރިން ވަނީ ޅެން ހައްދަވާދެއްވާފަ އެވެ. ލަވަތައް ކިޔާފައިވަނީވެސް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނެވެ.
މިފަހަރުގެ ގައުމީ ލަވަ އަލްބަމްގައި މުޅިންވެސް ހިމެނެނީ އަމިއްލަ ރާގެވެ.
މީގެ އިތުުރުން ސިފައިން ނެރެމުންދާ އައްޑަނަ މަޖައްލާވެސް ރޭ ވަނީ ނެރެފަ އެވެ. މިއީ ނޮވެންބަރު ތިންވަނަ ދުވަހަށް ހާއްސަކޮށްގެން ނެރެފައިވާ ނަންބަރެކެވެ. އައްޑަނަ މަޖައްލާ ނެރެދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.