ފުވައްމުލައް

ފުވަމުލަކުގައި އެކްސިޑެންޓެއްވެ މީހެއްްގެ ހާލު ސީރިއަސް

Nov 5, 2019

ރޭ ފުވަައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ އައިސީޔޫގައި ފާރުވާން ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ފުވައްމުލަކު ސިޓީގެ ސްޑޭޑިއަމް ކައިރިން ރޭ 11:50 އެހާކަންހާއިރު ދުއްވާފައި ދިޔަ ސައިކަލެއް ވެއްޓި އޭގައި އިން މީހާއަށް ބޮޑެތި އަނިޔާތައްވި އިރު އޭނާއަށް ލިބުނު އަނިޔާތައް ވަރަށް ސީރިއަސް ކަމަށެެ. އެނާ ލިބުނު އަނިޔާތަކާއެކު ހޭ ނެތުނު ގޮތަށް އަދިވެސް ހެއެއް ނާރަ އެވެ.

މި އެކްސިޑެންޓް ހިނގީ އެ ސައިކަލް ބާރަށް ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރެއްގައި ޖެހި ކޮންޓްރޯލް ގެއްލި، ސައިކަލް ވެއްޓިގެނެވެ.

އެކްސިޑެންޓްގައި އަނިޔާވި އުމުރުން 26 އަހަރުގެ ދިވެހި މީހާއަށް ފަރުވާ ދެމުން ދަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އޭނާ މާލެ ގެނައުމުގެ މަސައްކަތް ފަށަފައި ވެއެވެ.