އަކެޝޭ ކްމާރު

"ރާދޭ" އާއި "ލަކްޝްމީ ބޮމް" ކުރިމަތިލުމަކަށް

އީދަކީ އަބަދުވެސް ސަލްމާން ޚާންގެ ފިލްމުތަކަށް ޚާއްސަ މުނާސަބަތެކެވެ. ކޮންމެ ކުޑަ އީދެއްގައި ސަލްމާންގެ ފިލްމެއް ރިލީޒް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެގޮތުން 2020 ގައި އަންނަ ކުޑަ އީދުގައި ވެސް ސަލްމާންގެ ފިލްމެއް ރިލީޒް ކުރާނެކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އެއީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" އެވެ.

މިހާރު މި ފިލްމުގެ ޝޫޓިން ފެށިގެން ކުރިޔަށް ދާއިރު މިފަހަރުގެ އީދުގައި ސަލްމާންގެ ފިލްމާ އެކު އެހެން ފިލްމެއް ވެސް ރިލީޒްކުރަނެކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އަކްޝޭ ކުމާޜުގެ "ލަކްޝްމީ ބޮމް" އެވެ. މި ފިލްމު އުފައްދާ ފަރާތުން ދާދި ފަހުން ޝެއާ ކޮށްފައިވާ ޕޯސްޓަރެއްގައިވާ ގޮތުން މި ފިލްމު ވެސް ރިލީޒް ކުރާނީ ކުޑަ އީދު ދުވަހު އެވެ.

އަކްޝޭ އާއި ސަލްމާނަކީ ވެސް ބޮކްސް އޮފީސް ރެކޯޑް ވަރަށް ރަނގަޅު ދެ އެކްޓަރުންނެވެ. އެހެންކަމުން މިފަހަރުގެ އީދު އެހެން އީދުތަކަށް ވުރެ ވާދަވެރިވާނެ ކަމަށް ބެލެވެ އެވެ.