ހަބަރު

ބުދަކަށް ގެއްލުންދޭ އުޅުނު ދިވެއްސަކު ލަންކާ ފުލުހުން ހޯދަނީ

Nov 5, 2019

އަވަށްޓެރި ސްރީލަންކާގައި އަޅުކަން ކުރާ "ބުއްދާ"އަކަށް ގެއްލުންދޭ އުޅުނު ކަމުގެ ތުހުމަތުގައި ދިވެއްސަކު ހޯދަން އެ ގައުމުގެ ފުލުހުން އިއުލާންކޮށްފި އެވެ.

ލަންކާ ފުލުހުން މިއަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ބުއްދާ"އަށް އޭނާ ގެއްލުންދޭ މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ ކަމަށެވެ. ހޯދަން އިއުލާން ކޮށްފައިވާ މީހަކީ އެކަމުގައި އެންމެ ބޮޑަށް ތުހުމަތުވާ މީހާ ކަމަށެވެ.

ހޯދަން އިއުލާންކުރި މީހާގެ ވަނަވަރެއް ލަންކާ ފުލުހުން އަތަކު ނެތެވެ. ލަންކާ ފުލުހުން އާންމުކޮށްފައިވަނީ މީހެއްގެ ކުރެހުމެކެވެ. ހަމައެކަނި ލަންކާ ފުލުހުންނަށް އެނގޭ މައުލޫމާތަކީ އެމީހަކީ 30 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެއްސެއް ކަމެވެ.

ލަންކާ ފުލުހުން ވަނީ އެ ކެރެހުމުން ފެންނަ މީހާ ހޯދުމަށް އާންމުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފަ އެވެ.