ލައިފްސްޓައިލް

ސެރީނާގެ ޗުއްޓީ އިތާފުށީގައި

Nov 6, 2019
1

ޓެނިހުގެ ތަރި އެމެރިކާގެ ސެރީނާ ވިލިއަމްސް އާއި އޭނާގެ ފިރިމީހާ ރެޑިޓްގެ ކޯ ފައުންޑާ އެލެކްސިސް އޯހާނިއަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދަ އެވެ.

ސެރިނާ އާއި އާއިލާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ ވަލްޑްރޮފް އެސްޓޯރިއާ، އިތާފުށީފަ އެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ވެސް ކުރިން ހޯދާފައިވާ ސެރީނާ ޗުއްޓީގައި ވެސް އޭނާގެ ޓެނި ކުޅެން ވަގުތު ހުސްކޮށްފައިވާކަން އެނގޭ ފޮޓޯތައް އޭނާ އިންސްޓިގްރާމް މެދުވެރިކޮށް އާންމު ކޮށްފައި ވެ އެވެ. ސެރިނާ އާއި އާއިލާ އިތާފުށީގައި ޗުއްޓީ ނިންމާލުމަށްފަހު ރާއްޖެއިން ފުރާނީ އަންނަ ހަފުތާގަ އެވެ.

ޓެނިހުގެ އެންމެ މަތީ ފެންވަރުގައި 23 އެވޯޑެއް ސެރީނާ ހޯދާފައި ވެ އެވެ.