ފިނި ހަނގުރާމައިގެ ދުވަސްވަރު އެހެން މަތިންދާ ބޯޓުތަކަށްވުރެ ބާރު ދުވެއްޔެއްގައި އުދުހޭ މަތިންދާބޯޓެއްގެ ވާހަކަ ދައްކައި އުޅުނެވެ. އެހެން މަތިންދާ ބޯޓުތަކަށްވުރެ އެ މަތިންދާބޯޓު އުދުހެނީ ވެސް މާ މަތިންނެވެ. އެހެންކަމުން މިބޯޓާއި މެދު އޮތް ޝައުގުވެރިކަން އިތުރުވެގެން ދިޔަ އެވެ. ފިނި ހަނގުރާމަ ނިމުނުތާ މިހާރު 55 އަހަރު ވެފައިވީއރު އަދި އެ މަތިންދާބޯޓައި އެއްވަރަށް އުދުހޭ މަތިންދާބޯޓެއް ތައްޔާރެއް ނުކުރެ އެވެ.
ހަނގުރާމައިގެ ދުވަސްވަރު މީހުންގެ ޝައުގުވެރިކަން ދަމައިގަތް އެ މަތިންދާބޯޓަކީ އެމެރިކާއިން ޖާސޫސީ ބޭނުމަށް ތައްޔާރުކުރި ލޮކްހީޑް އެސްއާރް-71 އެވެ. ނުވަތަ ބްލެކްބާޑެވެ. އެ ބްލެކްބާޑް ތައްޔާރުކޮށްފައި ވަނީ 1950 ވަނަ އަހަރު އެވެ.
މިއީ 90،00 ފޫޓުގެ އުހުން ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންވާ އުޅަނދެވެ. މިހާރު ބްލެކްބާޑަށްވުރެ ބާރަށް ދަތުރު ކުރަނީ ޖައްވީ އުޅަނދުތަކެވެ. މި މަތިންދާ ބޯޓަކީ އެމެރިކާއިން ފިނި ހަނގުރާމައިގެ ދުވަސްވަރު ޖަސޫސީ ބޭނުމަށް ތައްޔާރުކުރި އުޅަނދުފަހަރުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އުޅަނދެވެ. ބްލެކްބާޑް ޖާސޫސީ މައުލޫމާތު އެއްކުރަން ހަނގުރާމައިގެ ބައިވެރިވި އެހެން ގައުމުތަކުގެ އިގްތިސޯދީ ސަރަހައްދަށް ވަންނައިރު ރާޑަރުތަކަށް ނޭރުވުމުގެ ގޮތުން ވަނީ ހާއްސަ ސިގްނަލް ޖޭމަރެއް ބޭނުން ކޮށްފަ އެވެ. މި މަތިންދާބޯޓު ޖާސޫސީ ސެޓްލައިޓުތަކަށް ވެސް ނާރަ އެވެ.
ބްލެކްބާޑުގެ އުދުހުމުގެ ސްޕީޑަކީ ގަޑިއަކު 3،529 ކިލޯމީޓަރެވެ. ހަނގުރާމައިގެ ދުވަސްވަރު ބޭނުންކުރި އެހެން މަތިންދާބޯޓުތަކާ ބަލާއިރު ބްލެކްބާޑުގެ އޮނިގަނޑު ތަފާތެވެ.
ބޯޓުގެ ބާރު ދުވެލީގެ ސަބަބުންނާއި އޮނިގަނޑު ތައްޔާރު ކޮށްފައިވާ ސިފައިގެ ސަބަބުން ލޮކްހީޑް އެސްއާރް-71 ބްލެކްބާޑުގެ ނަމުން މަޝްހޫރުވެގެން ދިޔަ އެވެ. ބްލެކްބާޑަކީ ތެލުގެ ހަރަދު ކުޑަ މަތިންދާބޯޓަކަށްވެފައި ދިގު ދަތުރު ކުރިމުގެ ގާބިލްކަން ލިބިގެންވާ ބޯޓަކަށް ވުމުން އެމެރިކާއިން ދިޔައީ އެކި ކަންކަމުގައި ބްލެކްބާޑު ބޭނުން ކުރަމުންނެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ވަނަ އަހަރުގެ މެއި މަހު ސޮވިއެޓް ޔޫނިއަނުން ވަނީ އެމެރިކާގެ ޔޫ 2 މަރުކާގެ ދެ ޖަސޫސީ މަތިންދާބޯޓު އޭރިއަލް މަންޒަރުތަށް ވީޑިއޯ ކުރަމުން ދަނިކޮށް ވައްޓާލާފަ އެވެ. މިއާއެކު އެމެރިކާއިން ބުނީ އެއީ މޫސުން ދިރާސާ ކުރުމުގެ ގޮތުން ހަރަކާތްތެރިވި ދެ ބޯޓު ކަމަށެވެ. ނަމަވެސް ސޮވިއެޓް ޔޫނިއަކުން ވަނީ އެއީ ދެ ޖާސޫސީ މަތިންދާބޯޓުކަން ސާބިތުކޮށްދީފަ އެވެ
މިއާއެކު އެމެރިކާގެ ސީއައިއޭއިން ބޭނުންވީ ރާޑަރުތަކަށް ނާރާ އެހެން މަތިންދާބޯޓުތަކަށް ވުރެ މަތިން އަދި ބާރަށް އުދުހޭ މަތިންދާބޯޓެއް އުފައްދާށެވެ. އެ ބޯޓަކީ ބްލެކްބާޑެވެ. ބްލެކްބާޑާއެކު އޭ - 12 މަރުކާގެ ކުދި ޖާސޫސީ މަތިންދާބޯޓުތައް އުފެއްދި އެވެ.
އެމެރިކާއިން ދިޔައީ ކުދި ބޯޓުތަކުގެ ބޭނުން އެހާވަރަށް ނުހިފައި ބްލެކްބާޑުގެ ބޭނުން ހިފައިގެން ސޮވިއެޓް ޔޫނިއަންގް އަސްކަރީ މައުލޫމާތު އެއް ކުރަމުންނެވެ. އެގޮތުން ސޮވިއެޓް ޔޫނިއަންއިން ބޭނުން ކުރަމުންދާ ހަތިޔާރުތަކާއި ގްރައުންޑުގައި ހުރި މަތިންދާބޯޓުތަކުގެ މައުލޫމާތު ކޮންމެ ހަފުތާއަކު ދިޔައީ އެއްކުރަމުންނެވެ.
މިހާރުވެސް އެވިއޭޝަން ދާއިރާގެ ގިނަ ރިކޯޑުތަކެއް ލިބިފައިވަނީ ބްލެކްބާޑަށެވެ. އޭގެ ތެރޭގައި އެންމެ ބާރަށް އުދުހޭ މަތިންދާބޯޓުގެ ރިކޯޑާއި، ތެލުގެ ހަރަދު ކުޑަކޮށް ދިގު ރާސްތާ ދަތުރު ކުރުމުގެ ރިކޯޑާއި، މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ޖާސޫސީ މަތިންދާބޯޓުގެ ރިކޯޑު ހިމެނެ އެވެ.