ވިޔަފާރި

100 ކޮޓަރިއާއެކު ރަހާ ހުޅުވުމުން ބޮޑު ތަރުހީބެއް

Nov 6, 2019
10
މޫސަ އަވަސް އަށް އިންޓަވިއު ދެއްވަނީ: އޭނާ ވަނީ ލ. އަތޮޅުގައި ރަހާގެ ނަމު ރިސޯޓެއް ހުޅުވާފައި -- ފޮޓޯ: ހާފްކޯޓް
52.6%
10.5%
36.8%

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، ލ. އަތޮޅުގައި ހުޅުވި ރަހާ ރިސޯޓަށް ޑަބްލިޔޫޓީއެމްގައި ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ބުނެފި އެވެ.

ލަންޑަންގައި ކުރިޔަށްދާ ޑަބްލިއުޓީއެމް ފެއާގައި ދެއްވި އިންޓަވިއެއްގައި މޫސަ ވިދާޅުވީ ހަތަރު ތަރީގެ ރަހާ ރިސޯޓު މި މަހުގެ އެއްވަނަ ދުވަހު ފުރަތަމަ ހުޅުވީ 100 ކޮޓަރި ކަމަށާ ބާކީ 50 ކޮޓަރި ހިމެނޭ ބައި ފަހުން ހުޅުވަން ނިންމާފައިވާ ކަމަށެވެ.

"މި ވަގުތު ވެސް ރަނގަޅު ބޮޑު ތަރުހީބެއް ލިބެމުން ދަނީ،" މޫސަ ވިދާޅުވި އެވެ.

ހަތަރު ތަރީގެ މި ރިސޯޓަކީ ދިވެހި ސަގާފަތާއި، ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލަން ބޭނުންވާ ޓޫރިސްޠުންނަށް ކަމުދާ ގޮތަށް ފަރުމާކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވުމާއެކު، ލ. އަތޮޅުގައި ދިވެހި ސަގަފަތާއި ތާރީހާއި ގުޅުންހުރި ހާއްސަ ތަންތަން ބަލައިލުމުގެ ފުރުސަތު ޓޫރިސްޓުންނަށް ދޭން ފަށާފައި ވެއެވެ.

"ލ. ގައި އޮވޭ ސިކްސެންސަސް ވެސް އެމީހުންގެ ސަބަބުން ފައިދާވޭ. މިއީ އެއާލައިންއަށްވެސް ލިބޭ ފައިދާއެއް،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާގެ ރިސޯޓު ކޮންސެޕްޓް ހެދީ ވެސް އަމިއްލައަށް ކަމަށާ، އޭނާގެ ރިސޯޓްގައި އެއްވެސް މޫދު ވިލާއެއް ނުހުންނާނެ ކަމަށެވެ.

"އެންމެ ކުރީގަ ރާއްޖޭގައި ނުހުރޭ މޫދު ކޮޓަރިއެއް. އެގޮތަށް މިތަނުގައި ވެސް ނުހުންނާނެ މޫދު ކޮޓަރިއެއް. ބީޗް ރަށެއްގެ ގޮތުގައި މި އޮންނަނީ،" މޫސަ ވިދާޅުވި އެވެ.

މޫސަގެ މޯ މޮޓެލްސް އިން ލ. ގައި އިތުރު ގެސްޓްހައުސްއެއް ވެސް ހިންގަ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަޅުސައި

މޫސާ ރަހާގެ ދެރަހާ ތީހަމަ އެމްޑީޕީގެ އުފެއްދުން ތި ގުންނަނީ ހެވީޅޯޑު ހަދައިގެން ބޮޑެތި މަސައްކަތްދީ މުއްސަނދި ކޮށްދީފަ ތިހުންނަނީ

ސަނަމް

އަލީ ވަހީދު މުއްސަނދިވީ އެމްޑީޕީއަށް ސޮއިކޮށްލިހިސާބުން. މޫސަ ކުއްލިޔަކާ މުއްސަނދިވި ޕީޕީއެމަށް ސޮއިކޮށްލިހިސާބުން. އިބުރަތްހާސިލުކުރާމީހަކަށް ވާނުވާ އެނގޭނީ.

ފަތިސްހަދުވަރު

ހެވީ ލޯޑް ގެ މައްސަލަ ހަނދާން ނެތުނީ؟

ސޯލްޖާ

ކަލޭމެންްގެ ހިތުތެރޭގަ ވަނީ ހަސަދްވެރިކަން. މީހަކު މުއްސަނދިވާއިރަށް ވަގަށް ގޮވަން ފަށާނެ! ކޮމެންޓް ކުރާމީހުން ވާހަކަ! ނޫސްތަކުން ވެސް ވެއްޖެ ކޮމެންޓްތައް ފިލްޓާކޮށްފަ ޕަބުލިޝްކުރަން

އަރުސަދު

މުވައްޒަފުންނަށް މުސާރަ ނުދީ ހުޅުވަާފަ ހުރި ރިސޯތެއްތީ... ލަދެއްވެސް ނުގަނެއެއްނު މި ހެވީ ލޯޑުގެ މީހުންނެއް. މޫސަތީ ވަރަށް ނުލަފާ މީހެއް.

ސަމީ

ރަހާ ރިސޯޓުން މުސަާރާ ނުދޭތާ 3 މަސް ވެފާ ވާއިރު ސަރުކާރުން ބަލާލަން ރަނގަޅު ކަންނޭގެ،

ލޮލްލި

މިމީހާއަށް މިއޮތީ ހާދަ ވަރަކަށް ވައްކަންކޮށްފައޭ! އެއޮތް ހުޅުވީ ބޮޑުރިސޯޓެއް. އޭސީސީއިން މޫސައަށް މިރަށް ލިބުނު ގޮތް ފުރަތަމަ ބަލާލަން ޖެެހޭ!! ޔާމީނު އަތުން މިލިޔަނުން ކައިފަ!

ރަހާ

ޕީ.ޕީ.އެމް އަށް ސޮއިކޮށް މީހާގެ ނަފްސު ޔާމީނަށް ވިއްކާލުމުން ބޭންކް އޮފް މޯލްޑިވްސް އިން ލިބުނު ލޯނުގެ ނަތީޖާ ދެއްތޯ!؟

ލަދުކުޑޭ

ސަރުކާރުން ލިބުނު ލާރިގަޑު ދެއްތޯ؟

ީދިވެހި ރައްޔިތުމީހާ

ބަލަ މޫސާނިކާ ކޮން ގޮތަކުންތޯ ތިޔަ ބުނާ ރިސޯޓު ހޯއްދެވީ. ޔާމީނު ވެރިކަމުގަތޯ؟ ކިހިނެއްތޯ؟ ހާދަ ކުރިޔަކަށް ޖެހިލައިފިޔޭ ދޯ ފާއިތުވި ފަސް އަހަރު ތެރޭގައި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345