ވޯލްޑް ޓްރެވަލް މާކެޓް

ޑަބްލިއުޓީއެމް ފެއާ ނޮވެމްބަރު މަހު ބާއްވަނީ

Jul 25, 2020
ޑަބްލިޔޫޓީއެމް ފެއާއެއްގައި ރާއްޖޭގެ ސްޓޭންޑް: މި އަހަރު ޑަބްލިޔުޓީއެމް ފެއާ ބާއްވަން މިހާރު ވަނީ ނިންމާފައި -- ފޮޓޯ: އަވަސް
0%
0%
0%

އިނގިރޭސި ވިލާތުގެ ލަންޑަންގައި ބާއްވާ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއިޓީއެމް) ފެއާ މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާނެކަން އިއުލާނު ކޮށްފި އެވެ.

އިނގިރޭސި ސަރުކާރުން ވަނީ ލަންޑަން ޑަބްލިއުޓީއެމް ފެއާ އޮކްޓޫބަރުގެ ފަހުން ބާއްވަން ހުއްދަ ދީފަ އެވެ. އެހެންވެ ޑަބްލިއުޓީއެމް އިންތިޒާމު ކުރާ ރީޑް އެގްޒިބިޝަން ކުންފުނިން ވަނީ މި އަހަރުގެ ފެއާ ނޮވެމްބަރު މަހުގެ 2 އިން 4 އަށް ލަންޑަންގައި ބާއްވާނެ ކަމަށް ކަމަށް އިއުލާނު ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް ބުރޫ އަރައި ޓޫރިޒަމް ހުއްޓުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ބޮޑެތި ޓޫރިޒަމް ފެއާތައް ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ބަލި ކޮންޓްރޯލްވަމުން ދާން ފެށުމާއެކު ފެއާތައް އޮންނާނެ ތާރީހުތައް ވެސް އިއުލާނު ކުރަން ފަށާފައި ވެއެވެ.

ޑަބްލިއުޓީއެމް ފެއާ އިންތިޒާމު ކުރާ ކުންފުނިން ވަނީ މި އަހަރުގެ ފެއާ ޓެކްނޮލޮޖީގެ ގިނަ ބައިތަކެއް ވެސް ހިމަނަން ނިންމާފަ އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް ފެއާގެ ހަރަކާތްތައް ދައްކާލުމުގެ ގޮތުން ފެއާ ފެށުމުގެ ކުރިން ފެއާ އޮންނަ އެކްސެލް ލަންޑަން ވާޗުއަލް ޓުއާއަކުން ދައްކާލާނެ އެވެ.

ޑަބްލިއުޓީއެމް ފެއާއަކީ ރާއްޖެ އިން ބައިވެރިވާ އެންމެ ދުވަސްވީ އެއް ފެއާ އެވެ. ހާއްސަކޮށް ފެއާ އޮންނަ އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345