ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފްރާންސުގައި ރާއްޖެ އިސްތިހާރު ކުރަން ފަށައިފި

Jan 13, 2021
އެއާ ފްރާންސްގެ މަތިންދާބޯޓެއް: ފްރާންސުގައި ރާއްޖެ އިސްތިހާރު ކުރަން ވަނީ ފަށާފައި
0%
0%
0%

ފްރާންސުގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް ކުންފުންޏާއެކު ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތް ތަކެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި ފްރާންސުގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އެޖެންސީ ކަމަށްވާ އޮޑީޖިއޯއާއެކު ފެށި ކެމްޕޭންގެ ދަށުން ފްރާންސުގެ ރައްޔިތުންނަށް ޗުއްޓީ ހޭދަ ކުރަން އެންމެ ރައްކާތެރި މަންޒިލަކީ ރާއްޖެކަން ކިޔައިދޭނެ އެވެ. މި ކެމްޕޭންގެ ދަށުން އޮޑީޖިއޯގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރާއްޖެ އިސްތިހާރު ކުރާނެ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މަހެއްގެ މައްޗަށް 1.6 މިލިއަން މީހުން ވަންނަ މި ސައިޓުގައި ރާއްޖެއަށް ހާއްސަ ސެކްޝަނެއް ވެސް ހަދާފައިވާ ކަމަށެވެ. މި ބައި މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ދައްކާލާނެ އެވެ. މީގެ އިތުރުން އޮޑީޖިއޯ ސައިޓަށް ވަންނަ މީހުންނަށް ރާއްޖެއާ ބެހޭ އީ-މެއިލްއެއްވެސް ފޮނުވައިދޭނެ އެވެ.

ފްރާންސުގައި ރާއްޖެ އިސްތިހާރު ކުރަން މީގެ ކުރިން ވެސް ގިނަ ހަރަކާތް ތަކެއް ބާއްވާފައިވެ އެވެ. މީގެތެރޭގައި އޮންލައިން ޓްރެވަލް އެޖެންޓުންނާއެކު ކުރިއަށް ގެންދިޔަ ޑިޖިޓަލް ކެމްޕޭންތަކާއި ފްރާންސުގެ ބައެއް މީޑިއާތައް ރާއްޖެ ގެނައުން ހިމެނެ އެވެ. އަދި ފްރާންސުގެ މާކެޓަށް އަމާޒު ކޮށްގެން ބާއްވާ އެންމެ ބޮޑު ލަގްޒަރީ ފެއާ ކަމަށްވާ އައިއެލްޓީއެމް ވޯލްޑް ޓުއާގައި ބައިވެރިވުން ވެސް ހިމެނެ އެވެ.

ފްރާންސަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345