ރާއްޖޭގެ ޓޫރިޒަމް ހުޅުވުވާލުމަށް ވަމުންދާ ތައްޔާރީތައް މިރޭ ދުނިޔެއަށް ދައްކާލަން ސޯޝަލް މީޑިއާގައި ހަރަކާތެއް ބާއްވާނެ އެވެ.
"ދިވެހިރާއްޖޭގެ އިރު އަލުން އަރަނީ" މި ނަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބާއްވާ މި އިވެންޓުގައި މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެ އަށް ހެޔޮއެދޭ ފަރާތްތަކުން ރާއްޖެ އަށް އޮތް ލޯބި ދައްކުވައިދިނުމުގެ ގޮތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުން ބައިވެރިވެ، ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތަކެއް ގެނެސްދޭނެ އެވެ. މީގެ އިތުރުން އިތުރުން އަލުން ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައް ވެސް ހާމަކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޓޫރިޒަމް މި އިވެންޓު ކުރި އަށް ދާނީ މިރޭ 8:00 އިން ފެށިގެން 12:00 އާ ދެމެދު އެވެ.
މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ މިޔުޒީޝަނުންނާއި އާޓިސްޓުންނާއި މިފަދަ ފަރާތް ތަކުން ދިވެހިރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެ އެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މި އިވެންޓު ކުރިއަށްދާއިރު، ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިވެންޓުގެ
ތެރޭގައި ކުއިޒްއެއް ކުރިއަށް ގެން ދާނެ ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 30 ފަރާތަކަށް ރާއްޖޭގެ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަމުން ދަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޓޫރިޒަމް ހުޅުވާލަން ތައްޔާރުވި ނަމަވެސް ހުޅުވާލާނެ ގޮތުގެ ގައިޑްލައިން އަދި ފައިނަލް ކޮށްފައެއް ނުވެ އެވެ.
ޓޫރިޒަމް ހުޅުވާލާއިރު މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން މީހުން އައިސްފައިވެ އެވެ. ޓޫރިޒަމުން ރާއްޖެއަށް ތިން ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު ޓޫރިޒަމް ހަރަކާތްތައް ހުއްޓިފައިވާތީ މި އާމްދަނީ ބޮޑުތަނުން ދައްކާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.