ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓްރިޕްއެޑަވައިޒާއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރަނީ

Jan 30, 2021

ޓްރިޕްއެޑްވައިޒާއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި "އެސްކޭޕް މޯލްޑިވްސް - ކްލެއިމް ވެއިޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭން އޮންނާނީ މި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ކެމްޕޭން އަމާޒު ކުރާނީ އެމެރިކާ އާއި ޔޫރަޕް އަދި އޭޝިއާ ޕެސިފިކް ރީޖަންގެ ގައުމު ތަކަށެވެ.

ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތް ނަމަވެސް މި ކެމްޕޭންގެ ސަބަބުން ޝައުގުވެރިކަން އިތުރު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓްރިޕްއެޑްވައިޒާ މެދުވެރިކޮށް ކޮންމެ އަހަރުވެސް އެތަށް މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަ ކުރަން ދަތުރު ކުރެ އެވެ. އެ ޕްލެޓްފޯމުގައި ލިސްޓުކޮށްފައިވާ ހޮޓާ އަދި ރެސްޓޯރެންޓްތަކާ ބެހޭ ގޮތުން 878 މިލިއަނަށްވުރެ ގިނަ ރިވިއު ވެއެވެ.