ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސީއެންއެންގައި ރާއްޖެ އިސްތިހާރު ކުރަން ފަށައިފި

Jul 16, 2020

ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވާލުމާއެކު، އެމެރިކާގެ ސީއެންއެންގައި އަނެއްކާ ވެސް ރާއްޖެ އިސްތިހާރު ކުރަން ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭންގައި ރާއްޖޭގެ ތަފާތު ކަންތައްތައް ދައްކާލާނެ ކަމަށެވެ. މިގޮތުން ރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރުތައް ދުނިޔެއަށް ދައްކާލުމުގެ އިތުރުން އެމީހުންގެ ތަޖުރިބާތައްވެސް ހިއްސާ ކުރާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ކެމްޕޭންގެ ފުރަތަމަ ފެނިގެންދާނީ ބޯޑަރު ހުޅުވުނު ދުވަހުން ފެށިގެން ސީއެންއެންގެ މޫސުމުމާ ބެހޭ ސެގްމެންޓުގައި ކަމަށެވެ. އެ ގަޑީގައި "ފައިވް ރީޒަން ޓު އިންސްޓާ ލަވް މޯލްޑިވްސް" ގެ ނަމުގައި ކެމްޕޭނެއް ފެނިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި މި ކެމްޕޭންގެ ދަށުން ދަތުރު ކުރަން މަންޒިލެއް ހޯދާ މީހުންނަށް "ރީޑިސްކަވާ" މޯލްޑިވްސްގެ ދަށުން މައުލޫމާތު ގެނެސްދޭނެ ކަމަށެވެ. އަދި ރާއްޖެއަކީ ވަކިވަކި ޖަޒީރާ ގައުމެއް ކަމަށާ މީގެން ލިބޭ އެޑްވާންޓޭޖް މި ކެމްޕޭންގެ ދަށުން ކިޔައިދޭނެ ކަމަށެވެ.

އެމްއެމްޕޯއާރުސީ އިން މީގެ ކުރިންވެސް ސީއެންްއެންގައި ރާއްޖެ އިސްތިހާރު ކުރުމަށް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ކުންފުނިން ބުނީ ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނިން ޑިޖިޓަލް މާކެޓިން ހުއްޓާނުލައި ކުރިއަަށް ގެންދާ ކަމަށެވެ.