ދުނިޔެ

ބްރުކީނަފާސޯގެ ކާރުހާނާއަކަށް ހަމަލާދީ 37 މީހަކު މަރާލައިފި

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބްރުކީނާފާސޯގައި ރަން ނަގާ ކާރުހާނާއަކަށް ދިން ބަޑީގެ ހަމަލާތަކެއްގައި 37 މީހަކު މަރުވެ 60 އަށް ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ބުރިކީނަފާސޯގެ އެ ކާރުހާނާއަކީ ކެނެޑާގެ ކުންފުންޏަކަށް ނިސްބަތްވާ ކާރުހާނާ އެކެވެ. ބަޑީގެ ހަމަލާދިން މިހާ ވަނީ ކާރުހާނާއަށް ގަދަ ކަމުން ވެދެ އެތަނުގެ ޓްރާންސްޕޯޓް ކަންތައްތަކުގައި އުޅޭ މީހުންގެ ގަޔަށް ބަޑި ޖަހާފަ އެވެ. މިއީ މިފަހުން ބުރުކީނާފާސޯގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

ބްރުކީނާފާސޯގައި ކާރުހާނާތަކަށް ބަޑީގެ ހަމަލާ ދިނުމަކީ އާންމު ކަމެކެވެ. ހަމަލާތައް ހުއްޓުވުމުގައި އެ ގައުމުގައި ސިފައިން ވަނީ ނުކުޅެދިފަ އެވެ.މި ހަމަލާއާ ބެހޭގޮތުން ސިފައިން އަދި މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ހަމަލާ ދިނުމުގެ ކުރިން ހަމަލާދިން މީހުން ވަނީ ސިފައިން ގޮވައިގެން ދަތުރުކުރި ފަސް ބަހަކަށް ހަމަލާދީފަ އެވެ.