ވިޔަފާރި

ސީލިންގުން ފެން ފޭބުމުން ޝްވެކް ސިނަމާ ބަންދުކޮށްފި

Aug 17, 2015

ޝުވެކް މޯލްޑިވްސްގެ ޑިރެކްޓަރު އަލްތާފު މުހައްމަދު ވިދާޅުވީ ސިނަމާ ވަގުތީ ގޮތުން ބަންދުކުރީ ސިނަމާ ތެރެއަށް ފެން ފޭބުމުން ކަމަށެވެ.

"ސީލިންގުން ފެން ފާބައި ސިނަމާގެ ކާޕެޓް ވަނީ ތެމިގައި. މިހާތަނަށް ބެލި ބެލުމުން އެއްވެސް އެއްޗަކަށް ގެއްލުމެއް ވެފައެއް ނެތް،" އަލްތާފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިނަމާގައި ފިލްމް ދައްކަން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

"އަވިދޭނަމަ ވަރަކަށް އަވަހަށް ފެށޭނެ. ކާޕެޓު ތެމިފައި އޮތުމުން،" އަލްތާފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓިކެޓު ނަގާފައިވާ މީހުންނަށް ރީފަންޑް ދޫކުރަމުން ގެންދާނެ ކަމަށެވެ.

"ކައުންޓަރުން ރީފަންޑް ދެމުން ގެންދާނެ،" އަލްތާފު ވިދާޅުވި އެވެ.

އެތީނާ ސިނަމާއަށް ބޮޑު ބަދަލުތަކެއް ގެނެސް ހުޅުވާފައިވާ ޝުވެކް ސިނަމާއަކީ ފަހުގެ ފިލްމް އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އެއް ތަނެވެ.