ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ވަފުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދީ ލަނޑުދަނޑިތަކާއި އަމާޒުތަކާ ގުޅޭ މައުލޫމާތު ވޯލްޑް ބޭންކްގެ ޑިރެކްޓަރުންގެ ވަފުދަށް ރައީސް ނަޝީދު ހިއްސާ ކުރެއްވި އެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަރުދަނާކޮށް ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގެ ތަފްސީލުތައް ވެސް އެމަނިކުފާނު ދެއްވި އެވެ.
ވޯލްޑް ބޭންކުގެ ވަފުދުގެ އެ ބައްދަލުވުމުގައި ހާރު ރާއްޖޭގައި އެ ބޭންކުން ކުރިއަށް ގެންދާ އަދި ކުރިއަށް ރާވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރި އެވެ. އަދި ވޯލްޑް ބޭންކުން ރާއްޖެއަށް ވެދޭ އެހީތަކާއި އަދި ކުރިއަށް އޮތް ތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.