ހަބަރު

ހުޅުމާލޭން ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ ހައްލުކުރެވިއްޖެ: ސްޓެލްކޯ

Nov 10, 2019

ހުކުރު ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭން ކަރަންޓު ކެނޑުނީ އަލަށް ގެނައި އިންޖީނަކަށް ދިމާވި މައްސަލައަކުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހުކުރު ދުވަހުގެ މެންދަމުގެ ވަގުތެއްގައި މުޅި ހުޅުމާލޭން ކަރަންޓު ކެނޑި، ކަރަންޓުގެ ހިދުމަތް އަލުން ލިބުނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭން ކަރަންޓުގެ ހިދުމަށް ކެނޑުނީ ހުޅުމާލެއަށް ކަރަންޓްގެ ހިދުމަށް ފޯރުކޮށްދިނުމަށް އަލަށް ގެނައި 50 މެގަވޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކުން ކަމަށެވެ.

ނަމަވެސް، އިންޖީނަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެއްވިފައިވާ ކަމަށާއި، ހިދުމަތް މެދުކެނޑިގެން ކުރިމަތިވި ދަތިތަކަށް އެ ކުންފުނިން މައާފަށް އެދޭ ކަމަށެވެ.