ޖުމްހޫރީ ދުވަސް

ޖުމްހޫރިއްޔަތު ބިނާކުރަން ނިޒާމް ދަމަހައްޓަންޖެހޭ: ނަޝީދު

Nov 11, 2019
2

ޖުމްހޫރިއްޔަތު ބިނާ ކުރަން ނިޒާމް ދަމަހައްޓަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ޖުމްހޫރިއްުޔާގެ ތިން ވަނަ ރައީސް އަދި ރާއްޖޭގެ ހަތަރު ވަނަ ރައީސް، ޖުމްހޫރީ ދުވަހާ ގުޅުވައި މިއަދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ "ނޮވެމްބަރު އެގާރަ" އަށް މަރުހަބާ ދެންނެވުމާއެކު އެ މަނިކުފާނު ވިދާޅުވީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ވެރިކަމެއް ކުރުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓް

ދެން ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދެމިގެން އަންނަ ދިވެހި ވެރިކަން ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަމަކަށް ކިރިޔާ ވެސް ވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއެކުގައި ކަމަށެވެ. އަދި ޖުމްހޫރިއްޔަތު ބިނާ ކުރުމަށް ނިޒާމް ދަމަހައްޓަން ޖެހޭނެ ކަމަށެވެ.

ގިނަ ޕާޓީ އެކުލެވޭ ގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޔާބު ކާމިޔާބު ކުރެއްވި ތާރީހީ ރައީސަކީ ވެސް އެ މަނިކުފާނެެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެއަށް ތައާރަފު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް އެ މަނިކުފާނެވެ.