ސްޓެލްކޯ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުމާއި ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ގަޑިއެއްހާއިރު ފަހުން ބައެއް ހިސާބުތަކަށް މިހާރު ވަނީ ކަރަންޓްގެ ޚިދުމަތް ލިބިފައެވެ.

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން މެދުވެރިވީ ސަބަބެއް އެ ކުންފުނިން ހާމައެއްކޮށްފައެއް ނުވެއެވެ. ކަރަންޓް ކެނޑުމާއި ގުޅިގެން ބައެއް އިމާރާތްތަކަށް ފެން ލިބުމުގައިވެސް ވަނީ ދަތިތަކެއް ދިމާވެފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެއިންވެސް ކަރަންޓް ކެނޑި ގިނަ ވަގުތުތަކެއް ކަރަންޓް ނެތި ދިއުމުން އާންމުންނަށް ވަނީ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.