ހަބަރު

ފޭސްބުކް ޕޯސްޓްތަކަކާ ހެދި ހައިކޯޓުގެ އިސް ބޭފުޅަކަށް ފިޔަވަޅު އަޅަނީ

ނިޒާމް، ސިފައިންގޭގައި އުޅުނުއިރު ރައީސް ޔާމީންގެ ފަރާތުން ހަނދާނީ ލިޔުމަކާ ހަވާލުވަނީ
0%
0%
0%

ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނިޒާމްގެ ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް އޭނާއަށް ފިޔަވަޅު އަޅަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

މުހައްމަދު ނިޒާމްގެ ފޭސްބުކް އެކައުންޓުން ކުރާ ޕޯސްޓްތަކާ ގުޅިގެން އޭނާގެ ޝަކުވާ އާންމު ފަރާތަކުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ. އެ ކޮމިޓީއިން ވަނީ އޭނާގެ މައްސަލަ ބަލައި ދިނުމަށް ޑީޖޭއޭގައި އެދިފަ އެވެ.

އެ މައްސަލަ ބަލަން ފެށުމުން ނިޒާމް ވަނީ އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޑީޖޭއޭއިން ބެލި ބެލުމުން އެ އެކައުންޓް ހެކްކޮށްގެން އެއްވެސް ފަރާތަކަށް ނިޒާމް ޝަކުވާ ހުށަހަޅާފައެއް ނުވެ އެވެ. އަދި އޭނާގެ ދަރީންގެ ފޮޓޯ ވެސް އެ އެކައުންޓުން ހިއްސާކޮށްފައިވެ އެވެ. އަދި، ހެކްކޮށްފައިވާ ނަމަވެސް ނިޒާމް ވަނީ އެ އެކައުންޓް ނަހަމަ ގޮތުގައި އެހެން މީހަކު ބޭނުން ހިފުމަށް ފުރުސަތު ދީފައި ކަމަށެވެ.

އެކަން ބެލުމަށްފަހު ޑީޖޭއޭއިން މިހާރު ވަނީ ކޮމިޓީއަށް ރިޕޯޓް ފޮނުވާފަ އެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ ނިޒާމްގެ އަމަލަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. އެހެންވެ އޭނާއަށް ފިޔަވަޅު އެޅުމަށް ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަދި ނިޒާމްގެ އެކައުންޓް ބޭނުން ކުރަނީ އޭނާތޯ ނޫންތޯ ބެލުމަށް ކަމާބެހޭ އިދާރާއަށް ހުށަހަޅަން ވެސް ޑީޖޭއޭއިން ވަނީ ނިންމާފަ އެވެ.

ނިޒާމް، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތުގައި

ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރި ނިޒާމްގެ ފޭސްބުކް އެކައުންޓުން ސިޔާސީ ގިނަ ޕޯސްޓްތަކެއް ކޮށްފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޭ އަދަބީ ބަހުން މުހާތަބުކޮށް ޕޯސްޓްތައް ކޮށްފައިވެ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު އަބްދުﷲ ދީދީ ދިފާއުކޮށް، އަދި ޖޭއެސްސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުކޮށްފައިވެ އެވެ.

ނިޒާމް، ހައިކޯޓުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު ސަރުކާރު ބަދަލުވުމުގެ ކުރީގަ އެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ނިޒާމް ވަނީ، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބައިވެރިވެ ރަށްރަށަށް ކެމްޕެއިން ދަތުރުތައް ކޮށްފަ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910