އޮފްބީޓް

މުބާރާތެއްގައި 42 ވަނަ ބިސް ކެއުމާއެކު މަރުވެއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖޯންޕޫރުގައި ޑިސްޓްރިކްޓްގައި ހިނގި އާދަޔާޚިލާފު ހާދިސާއެއްގައި އުމުރުން 42 އަހަރުގެ މީހަކު މަރުވެއްޖެ އެވެ. ސުބާޝް ޔާދާވް މަރުވީ ބިސް ކެއުމުގެ ޗެލެންޖެއް ފުރިހަމަ ކުރަން މަސައްކަތް ކުރަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ.

އިންޑިއަން ނިއުސް އެޖެންސީން ބުނި ގޮތުގައި ޔާދާވް އާއި އޭނާގެ އެކުވެރިޔާ ބީބީގަންޖް، މުބާރަތުގައި މާރުކޭޓަށް ބިސް ކާން ދިޔަ އެވެ. އެ މާރުކޭޓު ތެރޭގައި ޔާދަވް އާއި އެކުވެރިޔާގެ މެދުގައި އަރާރުމެއް ފެށުނެވެ. އަދި ދެ މީހުން ބާއްޖު މަރައި 50 ބިސް ކެވޭ މީހަކަށް 2000 ރުޕީސް ދޭން އެއްބަސްވި އެވެ. މި ޗެލެންޖް ފުރިހަމަކުރުމަށްޓަކައި ޔާދާވް ބިސް ކާން ފެށި އެވެ.

ބިސް ކަމުން ގޮސް 41 ބިސް ކައި ނިންމާ، 42 ވަނަ ބިސް ކަނިކޮށް ޔާދާވް ބިންމައްޗަށް ވެއްޓި ހޭނެތުނީ އެވެ.
ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހަމަ އެ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ. ޔާދަވް ބެލި ޑޮކްޓަރުން ބުނާ ގޮތުގައި އޭނާ މަރުވީ މާ ގިނައިން ކެއުމުގެ ސަބަބުންނެވެ.