ބަނދަރު ޕްރޮޖެކްޓް

ފެހެންދޫ ބަނދަރު ހަދަން ތައްޔާރުވެއްޖެ

Nov 12, 2019
1

ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސް މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ މިދިޔަ ޖުލައި މަހުގެ ތެރޭގައި 49.6 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ. އެ ކުންފުނިން ބުނީ ފެހެންދޫގެ ބަނދަރު ހަދަން ބޭނުންވާ ސާމާނު މިދިޔަ އާދީއްތަ ދުވަހު އެ ރަށަށް ގެންގޮޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 43،500 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށާއި 130 މީޓަރުގެ ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 282 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓު ޖެހުމާއި 214 މީޓަރުގެ އެތެރެ ތޮށިލުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.