ކޮޅުފުށި

އިންޑިއާއިން ކޮޅުފުށީ މަގު ބައްތި ޖަހައިދެނީ

Nov 14, 2019
1

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ ހިލޭ އެހީގެ ތެރެއިން މ. ކޮޅުފުށީގައި މަގު ބައްތި ޖަހަން 1,500,000 ދިވެހި ރުފިޔާގެ އެހީ އިންޑިއާ ސަރުކާރުން ކަނޑައަޅައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮޅުފުށީގައި މަގު ބައްތި ޖެހުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖަހައިދޭނެ ކަމަށެވެ.

މި ޕްރޮޖެކްޓަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ އޭރުގެ މިނިސްޓަރު އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.